ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ރަށު ކަސްޓްމްސްކައިރީ އޮންނަ ހުސްބިން ސަރަހައްދުގައިވާ ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ގުޅޭ

      މި ރަށުގެ ކަސްޓަމްސް އޮފީހުގެ ދެކުނުން ފެށިގެން މަސްޖިދު މޫސާ ޢަލީ މިސްކިތުގެ އުތުރަށް އޮންނަ ހުސްބިމުގައި، ހުރި އަމިއްލަ ފަރާތްތަކުގެ ރުއްގަހުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ.

      ވީމާ، މި ދެންނެވި ބިމުގައި މި އިދާރާއިން ލިޔުމަކުން ހުއްދަ ލިބިގެން އެއްވެސް ފަރާތަކުން އިންދާފައިވާ އެފަރާތެއްގެ އަމިއްލަ ރުއްގަސް ހުރިނަމަ، ރުއްގަހުގެ ބާވަތާއި ޖަހާފައިވާ ނަންބަރާއި ވެރިފަރާތް އެނގޭގޮތަށް 2025 އެޕްރީލް 21 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ސިޓީއަކުން މި އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިބިމުގައި ހުރި ރުއްގަހުގައި މި އިދާރާއިން ވާނީ 1 އިން 21 އަށް ނޫ ކުލައިން ނަންބަރު ޖަހާފައެވެ.

      މި ފުރުޞަތުގައި މި އިދާރާގައި ރަޖިސްޓްރީ ކޮށްފައި ނެތް ރުއްގަހަކީ އަމިއްލަ މީހުންގެ ރުއްގަސް ކަމުގައި ނުބެލެވޭނެކަން ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން ރުއްގަހުގެ މިލްކުވެރިކަން ބަޔާންކޮށްފައި ނުވާނަމަ، އެބިމުގައި އަމިއްލަ ފަރާތެއްގެ ރުއްގަސް ނެތީކަމުގައި ބެލެވޭނެ ވާހަކަވެސް ދެންނެވީމެވެ.

      މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

13 އެޕްރީލް 2025
ހޯދާ