ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
އެންކްސް އިމާރާތް މަރާމާތުކުރުން

  1. މިސްކޫލްގެ ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުން ކިޔަވާ އިމާރާތުގެ (އެނެކްސް) 3 ފާޚާނާ މަރާމާތުކޮށް، 2 ރޭމްޕް ހަދައި އަދި އިމާރާތުގައިވާ ވާރކްވޭ ހިޔާކޮށް ތަށިމުށި ޖެހުމަށް ބޭނުންވާތީ ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2025 އޭޕްރީލް 13 އިން 2025 އޭޕްރިލް 15ގެނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑްރަޖިސްޓްރީފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ.
  4. މިބިޑާގުޅޭގޮތުން ބާއްވާ ޕްރީ ބިޑް މީޓިންގ އޮންނާނީ 2025 އޭޕްރީލް 16 ވަނަ ދުވަހުގެ ހެނދުނު 9.00 ގައި ޢިމާދުއްދީން ސްކޫލްގައެވެ. މިބައްދަލުވުގައި ބައިވެރިވެވޭނީ ބިޑް ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.  އަދި ބީލަން ހުށައެޅޭނީ ޕްރީ ބިޑް މީޓީންއަށް ހާޟިރުވާ ފަރާތްތަކަށެވެ.

"ބިޑްރަޖިސްޓްރީފޯމް" ގެލިންކު:

https://docs.google.com/forms/d/1j-ezFlhTJbBjUadhdU4l0tVqGKyuJ0uqgoxkuwYkg7Y/edit

 މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025އޭޕްރީލް 19ވަނަދުވަހުގެ 18:00 ގެކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

  1. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 އޭޕްރީލް 21ވަނަދުވަހުގެހެނދުނު 10:30 ގައިޢިމާދުއްދީން ސްކޫލްގައެވެ.
  1. މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  2. މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ޢިމާދުއްދީން ސްކޫލް

ރެހެންދި ހިނގުން، ގަލޮޅު

މާލެ، ދިވެހިރާއްޖެ. 

ފޯން: 3006648

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected]

13 އެޕްރީލް 2025
ހޯދާ