ދިވެހިރާއްޖެ
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންގެ 'ޑެޕިއުޓީ މެނޭޖަރ-ރިސްކް އެންޑް ކޮމްޕްލައަންސް' ގެ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ވަޒީފާއާބެހޭ ޓާރމްސް އޮފް ރެފެރަންސް މި އިޢުލާނާއިއެކެ އެޓޭޗްކުރެވިފައިވާނެއެވެ.
އެޕްލިކޭޝަން ހުށަހަޅަންވީ ގޮތާއި ސުންގަޑި:
މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 20 އޭޕްރިލް 2025 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ބަލައިގަތުމަށް ކަނޑައެޅިފައިވާ ލިންކު https://sdfcmv.aidaform.com/job-application-form-deputy-manager-risk-and-compliance ބޭނުންކުރައްވައިގެން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މި ލިންކް މެދުވެރިކޮށެވެ.
މި ވަޒީފާއާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 9:00 އާއި 14:00 އާ ދެމެދު 1613 ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ