ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މި އޮފީހުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން

މި އޮފީހުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން ރައްދެބައި ހިނގުން މަގުގައި ހުންނަ މި އޮފީހުގެ އީ ބްލޮކް ( އެފް.އެޗް.ޓީ.އެސް ބިލްޑިންގ) ގައި 2025 އޭޕްރީލް 17 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި އޮންނާނެއެވެ.

 


މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2025 އޭޕްރީލް 14 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް އީބްލޮކްގެ 6 ވަނަ ފަންގިފިލައަށް ( އެފް.އެޗް.ޓީ.އެސް ބިލްޑިންގ) ޙާޟިރުވުން އެދެމެވެ.

 

 ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2025 އޭޕްރީލް 17 ދުވަހުގެ ހެނދުނު 10:00 އަށް އީ ބްލޮކްގެ 6 ވަނަ ފަންގިފިލައަށް  ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މި ޔުނިވަރސިޓީގެ ރެވެނިއު ސެކްޝަނަށް ދެއްކުމަށްފަހު، ލަސްވެގެން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ.  މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. ނީލަން މި ކިޔެނީ 3 ވަނަ ފަހަރަށް ކަމަށްވާތިވެ ނީލަން ކިޔުމަށް ހަމަޖެހިފައިވާ ލޯޓްގެ އަގު ކުޑަކުރެވިފައިވާކަން ދަންނަވަމެވެ.

13 އެޕްރީލް 2025
ހޯދާ