ދިވެހިރާއްޖެ
ރ. ދުވާފަރު ލޭންޑުޔޫސް ޕްލޭންގައިވާ ކުލީ ބިންތައް، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ހިލާފްނުވާ މަސައްކަތްތައް ކުރުމަށް 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށްޓަކައި ބިޑް ޑޮކިޔުމަންޓު ވިއްކުމަށް މި އިދާރާއިން ކަނޑައަޅައިފީމެވެ. ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކުލީ ބިންތަކުގެ ތަފްޞީލް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ބިޑް ޑޮކިއުމަންޓެއް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 500.00ރ (ފަސް ސަތޭކަ ރުފިޔާ) އަށެވެ. ކޮންމެ ބިޑް ޑޮކިޔުމަންޓަކުން އެދެވޭނީ 01 (އެކެއް) ބިމަކަށެވެ.
މި އިދާރާއިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކުލީބިންތަކަށް ކުރިމަތިލެވޭނީ ރ. ދުވާފަރު (ނުވަތަ ރ. ކަނދޮޅުދޫ) ގެ ރަޖިސްޓްރީގައިވާ 18 އަހަރުން މަތީގެ ރަށްވެހިންނަށާއި ދިވެހިރާއްޖޭގައި ރ. ދުވާފަރު (ނުވަތަ ރ. ކަނދޮޅުދޫ) ގެ ރަށްވެއްސެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި، ކޯޕަރޭޓިވްސްތަކަށާއި، ޕާރޓްނަރޝިޕްތަކަށާއި އަދި މިފަދަ ވިޔަފާރއެއްކުރުމަށް އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
އަމިއްލަ ފަރާތެއްވިޔަސް، ކުންފުންޏަކުންވިޔަސް، ޕާރޓްނަރޝިޕަކުންވިޔަސް، އަދި ވިޔަފާރިއެއް ކުރުމަށް ލޯކަލް އިންވެސްޓްމަންޓެއް ރަޖިސްޓްރީކޮށްފައިވާ ފަރާތެއްވިޔަސް އެފަރާތަކަށް ބިޑް ކާމިޔާބުކޮށް އެގްރީމެންޓް ކުރެވޭނީ 01 (އެކެއް) ބިމަށެވެ. ނަމަވެސް އެފަރާތަކުން ބޭނުންވާ ބިންތަކަށް ބިޑް ޑޮކިޔުމަންޓް ގަނެގެން ބިޑް ހުށަހެޅުމުގެ ފުރުސަތު އޮތްވާހަކަ ދަންނަވަމެވެ.
|
ތާރީޚް |
ދުވަހާއި ގަޑި |
އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި، ބިޑް ޑޮކިއުޓްމަންޓް ގަތުން |
13 އޭޕްރިލް 2025 އިން 30 އޭޕްރިލް 2025 އަށް |
ހެނދުނު 8:30 އިން މެންދުރު ފަހު 13:30 އަށް |
ބިޑް ޑޮކިއުމަންޓް ގަނެފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން (ޕްރީ-ބިޑް ބައްދަލުވުން) |
03 މެއި 2025 |
ހޮނިހިރު 13:00 |
ބިޑް ހުށަހެޅުން |
11 މެއި 2025 |
އާދީއްތަ 10:00 |
ބިޑް ކެނޑުން |
11 މެއި 2025 |
އާދީއްތަ 10:00 |
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ތާރީޚާއި އެއްގޮތަށް ބިޑް ޑޮކިއުމަންޓް ގަތުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.