މަޤާމު:
|
ފައިނޭންސް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-407524
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
އެމް.އެސް.2
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ، ނ. ކެނދިކުޅުދޫ / ދިވެހިރާއްޖެ
|
މުސާރަ:
|
6295.00 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
2000.00ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ސަޕޯޓިންގ ކޯ އެލަވަންސްގެ 2 ގޮތުގައި މަހަކު 900 ރުފިޔާ
- ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެހިއްޖެނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28
- ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 (ތިރީސްފަސް އިންސައްތަ)
- ސިވިލް ސާރވިސް މުއައްޒަފުނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރަޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝަދުގެ މަތިން ކުރުން.
- އަހަރީ ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ ޝީޓުތައް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ކޮންމެ އަހަރެއް ނިމުމުން ކައުންސިލް އިދާރާގެ ފައިނޭންސް ޔުނިޓްގެ އަހަރީ ރިޕޯރޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ކޮންމެ އަހަރަކު ފާއިތުވި އަހަރުގެ ކައުންސިލް އިދާރާގެ މާލީ ބަޔާން ތައްޔާރުކޮށް މާރިޗު މަހުގެ 31 ގެ ކުރިން ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުމުގެ މަސައްކަތްތައް ކުރުމާއި، ކައުންސިލް އިދާރާގެ ޚަރަދު ރިޕޯޓްތަކާއި، ފައިނޭންޝަލް ސްޓޭޓްމަންޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ އެންމެހާ ފަރާތްތަކަށް ކަނޑައެޅިފައިވާ ވަގުތަށް ފޮނުވުން.
- ކޮންމެދުވަހެއްގެ ސޭފްރިޕޯޓް ފޯމްހެދުން، އަދި ތިޖޫރީ ރިޕޯޓް ވަކިން ޝީޓެއްގައި ހަދައި ބެލެހެއްޓުމާއި، ކޭޝްކޮށް ލިބޭ ފައިސާގެ އަޕްޑޭޓް ބެލެހެއްޓުން.
- ބަޖެޓް އިން އެކިބިލްތަކަށް ދޫކުރާ ފައިސާގެ ތަފްޞީލް ބެލެހެއްޓުން.
- ކައުންސިލް އިދާރާއަށް ލިބޭ އެންމެހާ ފައިސާގެ ރަސީދުން ބަލައިގަތުމާއި، ކައުންސިލްއިން ބިލާއި ނުލައި ދައްކަންޖެހޭ ފައިސާ ދެއްކުމާއި، ކޮންމެދުވަހަކުވެސް ލިބޭފައިސާގެ ޝީޓުހަދާ އަދި ފޯމް ފުރިހަމަކޮށް ފޯމް ޕްރިންޓުކޮށް ކޭޝްކޮށް ލިބިފައިވާ ފައިސާއާއި ފޯމް ތިޖޫރީ ޙަވާލުވެހުރި މުވައްޒިފާއި ޙަވާލުކުރުން އަދި ބަންޑޭރި ޕޯޓްލް މެދުވެރިކޮށް ޖަމާކުރާ ފައިސާއަށް ރިސިޕްޓް ހެދުން.
- ކައުންސިލްގެ އަހަރީ ބަޖެޓް ކައުންސިލްގެ މަޝްވަރާގެ މަތިން އެކުލަވާލުމުގެ މަސައްކަތްކުރުމާއި، އަހަރީ ބަޖެޓް ތައްޔާރު ކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ސީލިންގއަށް ތައްޔާރު ކުރުމުގެ މަސައްކަތް ކުރުން.
- ކައުންސިލްގެ އިދާރާގެ ލަފާކުރާ ބަޖެޓް ކޮންމެ އަހަރެއްގެ ޖުލައި 31 ގެ ކުރިން މިނިސްޓްރީ އޮފް ފައިނޭންސް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަދި އަތޮޅު ކައުންސިލް އިދާރާއަށް ފޮނުވުން.
- ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ ނިޔަލަށް ރަށު ތަރައްޤީގެ ޕްލޭނާއި ފައިނޭންސަލް ޕްލޭނަށް ބިނާކޮށް ކުރިޔަށް އޮތް އަހަރުގެ ކައުންސިލް އިދާރާގެ މަސައްކަތު ތާވަލާއި ބަޖެޓް ތައްޔާރުކުރުން.
- ކައުންސިލް އިދާރާގެ ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައް އިދާރާއިން އަންގާގޮތެއްގެ މަތިން ބަދަލުގެނެސް ބަޖެޓް ބެލެހެއްޓުމުގައި އެހީތެރިވެދިނުން.
- ކައުންސިލުން ހަދާފައިވާ އެކި އެއްބަސްވުން ތަކަށް ލިބެންޖެހޭ ފައިސާ، މީގެ އިތުރުން ކައުންސިލްއަށް ލިބެމުންދާ ފައިސާ މަހުން މަހަށް ކައުންސިލަށް ލިބެމުންދާކަން ކަށަވަރުކޮށް މާލިއްޔަތުގެ ޤާނޫނުގައި ބަޔާންކުރާ މިންވަރަށް ހިސާބްތައް ބަލަހައްޓަމުން ގެންދިއުން. މީގެ އިތުރުން ފިނޭންސް ދަޢުލަތުގެ އެކި އިދާރާތަކުން އެޑްވާންސްކޮށް އަދި މަސައްކަތް ނިމުމަށްފަހު ލިބެންޖެހޭ ފައިސާ ހޯދުމަށް މަސައްކަތް ކުރުން.
- އިދާރާއަށް ލިބޭ ފައިސާ، އަދި ކައުންސިލް އިދާރާއިން ކުރެވޭ ޙަރަދުތަކުގެ ތަފްޞީލް ބެލެހެއްޓުމާއި، ބަޖެޓް ކޮންޓްރޯލް ކުރުމާއި ފައިސާމެނޭޖް ކުރުމާއި، ކައުންސިލް އިދާރާއިން އެމަހަކަށް ނުވަތަ އެއަހަރަކަށް ކަނޑައަޅާފައިވާ ބަޖެޓްއިން ޚަރަދުތައް ބެލެހެއްޓުން.
- މަހުން މަހަށް ކައުންސިލަށް ހޯދާ ތަކެތީގެ ބިލްތައް ހޯދުމުގެ މަސައްކަތް ކުރުން. އިންވޮއިސް ރެޖިސްޓްރީ އަށް (އެކްސެލްޝީޓް) ބިލް އެންޓަރކުރުމާއި، ވިޔާ މޮޑިއުލް ތެރެއިން ސިސްޓަމް އިން ބިލް އެންޓްރީ ކުރުމާއި ވެންޑާ އެޑްކުރުން، ބިލްތަކަށް ފައިސާ ރިލީޒް ކުރުން، ފައިސާ ދައްކާ ބިލްތަކުގެ އަޕްޑޭޓް ބެލެހެއްޓުން.
- ވިޔާތެރެއިން ޕާޗޭސް ވައުޗަރ ހެދުމުގެ މަސައްކަތާއި ވައުޗަރުތައް ވިޔަޔަށް އަޕްލޯޑްކޮށް ސޭވްކޮށް އަޕްޑޭޓްކުރުމުގެ މަސައްކަތްތައް ކުރުން.
- ކައުންސިލް އިދާރާގެ ބަޖެޓުން ކުރެވޭ ޚަރަދުގެ ރިޕޯރޓް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
- ކައުންސިލް އިދާރާގެ ބަޖެޓަށް އިދާރާއިން އަންގާގޮތެއްގެ މަތިން ބަދަލުގެނެސް ބަޖެޓް ބެލެހެއްޓުމާއި ވިޔަ މޮޑިއުލްތެރެއިން ބަޖެޓް މޮޑިފައިކޮށް އަޕްޑޭޓްކުރުމާއި ބަޖެޓު ކޮންޓްރޯލް ހެދުން.
- ކައުންސިލްގެ އިރުޝާދާއި ލަފާގެ މަތިން ސަޕްލިމެންޓްރީ ބަޖެޓްތައްޔާރުކުރުން.
- އެކައުންޓްތަކުން ޗެކްތަކަށް ފައިސާ ދޫކުރުމުގެ ގޮތުން ތައްޔާރު ކުރަންޖެހޭ ބޭންކް ސިޓީތަކާއި، ބޭންކް ޝީޓްތައް ތައްޔާރުކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- މުވައްޒަފުންގެ މުސާރަ މަހުން މަހަށް ތައްޔާރުކޮށް، ބޭންކަށް ޖަމާކުރަން އެދިފައިވާ މުވައްޒަފުންގެ މުސާރަ މަހުން މަހަށް ބޭންކް އަށް ޖަމާކުރުމާއި، މުވައްޒަފުންނަށް ސްލިޕް ފޮނުވުމާއި، މުސާރައާއިބެހޭ ލިޔެކިއުންތައް ބަލަހައްޓަމުން ގެންދިއުން.
- މުވައްޒަފުންގެ މަސްދުވަހުގެ ޕެންޝަން އަޕްޑޭޓްކޮށް ކޮންމެމަހެއްގެ 26 ގެ ކުރިން ވައުޗަރ ޙަވާލުކުރުމުގެ މަސައްކަތް ވިލަރެސްކުރުން.
- މުވައްޒަފުންގެ ޕެންޝަން ސްކީމަށް ޖޫރިމަނާ ނުވާ މުއްދަތުގައި ފައިސާ ދައްކާ ކަމާއިބެހޭ ލިޔެކިއުންތައް ބެލެހެއްޓުން.
- ކައުންސިލް އަށް ލިބޭ އާމްދަނީ އާއި އެހެނިހެން ހިލޭ އެހީތައް ސަރުކާރުގެ ގަވާއިދާއި އަދި ކަމާބެހޭ ފަރާތްތަކުން އެކުލަވާލާފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ބަލައިގަނެ، ޖަމާކުރަންޖެހޭ ފައިސާއެއް ނަމަ، ކަނޑައެޅިފައިވާ އެކައުންޓަށް ޖަމާކުރުން.
- ކައުންސިލް އިދާރާގެ އެކައުންޓްގެ ވައުޗަރާއި، ޗެކްތަކުގެ ރަޖިސްޓްރީ ލިޔެ ބެލެހެއްޓުމާއި ފައިސާ ބަލައިގަންނަ ރަސީދު ފޮތްތަކާއި، އެކައުންޓްތަކުގެ ޗެކްފޮތް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- ހުށަހެޅޭ ބިލްތައް ވެރިފައިކޮށް، ފައިސާ ދައްކަންޖެހޭ ބިލްތަކަށް ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ދެއްކުން.
- ޔުޓިލިޓީ ބިލް (ކަރަންޓް، ފެން، ފޯނު، އިންޓަރނެޓް، މަލްޓިމީޑިޔާ ފަދަ) ތަކާއި އަހަރީ ފީ އަދި ސަބްސްކްރިޕްޝަން ދައްކަންޖެހޭ ޚިދުމަތްތަކަށް ދައްކަންޖެހޭ ފީ ދެއްކުމުގެ މަސައްކަތްތައް ކުރުން.
- ކައުންސިލް އިދާރާއިން ތައްޔާރުކުރަންޖެހޭ، ޢާމްދަނީ ފައިސާއާއި، ޚަރަދުކުރި ފައިސާގެ މަސްދުވަހުގެ ރިޕޯރޓް، ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ތައްޔާރުކޮށް ކަމާއިބެހޭ މުއައްސަސާތަކަށް ފޮނުވުމުގައި އެހީތެރިވެދިނުން.
- ކައުންސިލް އިދާރާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ 4 އެކައުންޓު ރީކޮންސިލިއޭޝަން ސްޓޭޓްމަންޓް ތައްޔާރު ކުރުމާއި، ކައުންސިލްގެ 4 އެކައުންޓްގެ އެކްސެލް ޝީޓްތައް އަޕްޑޭޓް ކޮށް ބެލެހެއްޓުން.
- ކައުންސިލުން މާލީއިދާރާ ތަކުން ދަރަންޏަށް ނަގާ ފައިސާގެ ހިސާބުތަކާއި އުފައްދާ އެކިއެކި ފަންޑުތަކުގެ ހިސާބުތައް ބެލެހެއްޓުން.
- މިނިސްޓްރީތަކުންނާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ނުވަތަ ރަށު ފެންވަރުގައި ފޯރުކޮށްދިނުމަށް ކަނޑައަޅާ ޚިދުމަތްތައް ކައުންސިލްގެ އިދާރާ މެދުވެރިކޮށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، މިނިސްޓްރީތަކަށާއި، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ފޮނުވަންޖެހޭ ރިޕޯރޓްތަކާއި މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
- ސަރުކާރު އިދާރާތަކާއި، އަމިއްލަ މުއައްސަސާތަކާއި އަދި އަމިއްލަފަރާތްތަކަށް ތަފާތު ބޭނުންތަކުގައި ފޮނުވޭ ޑޮކިއުމެންޓްތަކާއި، ސިޓީތަށް ސްކޭންކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ފައިލްކުރުމާއި އަދި ފައިލިންގ ސިސްޓަމް ބެލެހެއްޓުން.
|
މަޤާމުގެ ޝަރުޠުތައް:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
އެކައުންޓިންގ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ފައިނޭންސް.
ޕްރިފަރޑް ޑިސިޕްލިންތައް:
ނެތް.
ކޯ ޑިސިޕްލިން :
އެކައުންޓިންގ، ފައިނޭންސް
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
ފައިނޭންސް، އެކައުންޓިންގ
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައި ވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
އަސާސީ ޝަރުޠު ހަމަވުން
|
30
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު
|
5
|
ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު
|
5
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
|
5
|
އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)
|
20
|
އިންޓަރވިއު
|
35
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 އޭޕްރިލް 2025 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނަޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިންޓަރވިއު އިމްތިޙާން އޮންނާނެ ތަނާއި،މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އިމްތިޙާން އޮންނާނީ 24 އޭޕްރިލް 2025 އާއި 30 އޭޕްރިލް 2025 އާ ދެމެދު، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުން
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560013،6560667 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|