ދިވެހިރާއްޖެ
ރަށުގެ ވަށައިގެންވާ ހުސްބިންތައް ބޭނުންކުރުމާއި އެ ބިންތައް ކުއްޔަށް ދިނުމާއި ގުޅޭ އުޞޫލުގެ ދަށުން އަންތާރެސް ގެސްޓް ހައުސް އާއި ކާމިނީގެއާއި ދެމެދު ބީޗު ރޯޑުގެ އިރުން ބަނދަރާއި ދެމެދު އޮތް ސަރަޙައްދުގެ ފަސްގަނޑު ލެވެލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން17 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހު 10.00 އަށް މި ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި ބިޑް ހުށަހެޅުން އޮންނާނީ 22 އޭޕްރީލް 2025 ވާ އަންގާރަދުވަހު 13.00 ގައި މިކައުންސިލްގެ ޖަލްސާކުރާ މާލަމްގައެވެ. އަދި މަޢުލޫމަތު ހޯދުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެކަމުގައި ދަންނަވަމެވެ.
ދަންނަވަމެވެ. ރަށުގެ ވަށައިގެންވާ ހުސްބިންތައް ބޭނުން ކުރުމާއި އެ ބިންކުށްޔަށް ދިނުމާއިގުޅޭ ގޮތުން އެކުލަވާލާފައިވާ އުޞޫލު ވާނީ 13 އޮކްޓޫބަރ 2024 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށްފަހު މި ކައުންސިލް އިދާރާގެ ނަމްބަރ: (IUL)352/352/2024/64 އިޢުލާނުން ޢާއްމު ކޮށްފައެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.