މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އިން 2025 އޭޕްރީލް 13 އިން 17 އަށް ޙަރަކާތްތަކެއް ކުރިއަށްގެންދިއުން
އިޢުލާން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ ޙަރަކާތްތަކެއް 2025 އޭޕްރީލް 13 އިން 17 އަށް، ކޮންމެ ދުވަހެއްގެ 06:00 އިން 18:00 އަށް، މާލެ، ވިލިމާލެ، ހުޅުމާލެ ފޭސް1، ފޭސް2، ފޭސް3 އަދި ފަރުކޮޅުފުށި ހިމެނޭ ސަރަހައްދު ތަކުގައި ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ޙަރަކާތްތެރިވުމަށް ހަމަޖެހިފައިވީ ނަމަވެސް، ލައިވް ވަޒަނާއި ގޮވާޒާތުގެ ނުރައްކާތެރި އެއްވެސް ބާވަތެއް ބޭނުމެއް ނުކުރާނެއެވެ.
ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
10 އެޕްރީލް 2025
ހޯދާ