ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޓްރެވަލް ޑޮކިއުމަންޓުން ފީނެގުމާގުޅޭ
ޓްރެވަލް ޑޮކިއުމަންޓުން ފީނެގުމާގުޅޭ
ވައިގެމަގުން ދަތުރުކުރާ ބޭފުޅުން އައިޑީ ކާޑު ގެއްލިގެން ނުވަތަ އެހެނިހެންވެސް ސަބަބަކާހުރެ ޓްރެވަލް ޑޮކިއުމަންޓް ހެއްދުމަށް އެދި، ސަރުކާރު ބަންދު ދުވަސްތަކާއި އޮފީސް ބަންދު ގަޑިތަކުގައި ހުށަހަޅުއްވަމުން ދާތީ އެކަމާ ގުޅިގެން މިކައުންސިލްގެ ނަންބަރު: 12/2025 ( 8 އެޕްރީލް 2025) ޖަލްސާގައި މަޝްވަރާކުރުމަށްފަހު ތިރީގައިވާ ގޮތަށް ޢަމަލުކުރުމަށް ވަނީ ނިންމާފައެވެ.
- ސަރުކާރު ބަންދު ދުވަސްދުވަހާއި ބަންދު ގަޑިތަކުގައި ހުށަހަޅާނަމަ ޓްރެވަލް ޑޮކިއުމަންޓް ބޭނުންވާ ވަގުތުގެ 24 ގަޑިއިރު ކުރިން ޚިދުމަތަށް އެދި އިދާރާއަށް ހުށަހެޅުން.
- ރަސްމީ ދުވަސްތަކުގައި އޮފީސް ބަންދުވުމުގެ ލަސްވެގެން 1 ގަޑިއިރުކުރިން ޓްރެވަލް ޑޮކިއުމަންޓް ހެދުމަށް އެދި ހުށަހެޅުން.
- ޓްރެވަލް ޑޮކިއުމަންޓަށް ފީ އެއްގެ ގޮތުގައި -/100 ރުފިޔާ ނެގުން.
ވީމާ، މިގޮތަށް ޢަމަލުކުރުމަށް ދެންނެވީމެވެ.
10 އެޕްރީލް 2025
ހޯދާ