ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ތިމަރަފުށީ ކުނިމެނޭޖުކުރާ މަރުކަޒު ހިންގާ ބެލެހެއްޓުން އައުޓްސޯސްކުރުން

ކޮޅުމަޑުލު ތިމަރަފުށީ ކުނިމެނޭޖުކުރާ މަރުކަޒު ހިންގާ ބެލެހެއްޓުން އައުޓްސޯސްކުރުން

ތިމަރަފުށީ ކުނި މެނޭޖްކުރުމުގެ ޚިދުމަތް 1 އަހަރު ދުވަހަށް އައުޓްސޯސްކުރުމަށް ކައުންސިލުން ބޭނުންވާތީ، ރަށުގެ ގޭބިސީތަކާއި، ވިޔަފާރިކުރާ ތަންތަނާއި، އޮފީސްތަކުގެ އުފެދޭ ކުނި އެއްކުރުމާއި، ސޯޓްކުރުމާއި، ރީސައިކަލްކުރުމާއި، ނައްތާލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތަކީ ކުނި މެނޭޖްކުރުމުގެ އޮޕަރޭޝަންތަކުގެ ޤާބިލުކަމާއި ތަޖުރިބާ ލިބިފައިވާ މުޖުތަމަޢުގެ ތެރޭގައި ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށާއި ވިޔަފާރިތަކަށް ހުޅުވާލެވިފައިވާ މަސައްކަތެކެވެ.

ބީލަމާގުޅޭ އިތުރުމަޢުލޫމާތު ތިރީގައި އެވަނީއެވެ.

މައުލޫމާތު ދިނުން

މައުލޫމާތު ސާފުކުރުން އޮންނާނީ 14 އޭޕްރީލް 2025 ވާ ހޯމަދުވަހުގެ 11:00 ގައެވެ.

ބިޑްހުށަހެޅުން

ބިޑްހުށަހެޅުމުގެ ސުންގަޑިއަކީ 17 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި                                         ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

އެހެނިހެން ކަންކަން: 

  •  ބިޑް ހުށަހެޅުމާއި ބިޑް ކެނޑުން އޮންނާނީ ތިމަރަފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. 
  • ކޮންމެ ފަރާތަކަށް ހުށަހެޅޭނީ އެފަރާތެއްގެ ނަމުގައި 1 (އެކެއް) ބިޑެވެ.
  • ބިޑްހުށަހެޅުމުގެ ކުރިން ބިޑާއިގުޅޭ މަޢުލޫމާތު ފުރިހަމައަށް ސާފުކުރުމަކީ ބިޑްހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. 

އިތުރު މަޢުލޫމާތު

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6780674 އަށް ގުޅުއްވުމަށް ދަންނަވަމެވެ. އަދި މިއިދާރާގެ އީމެއިލް އެޑްރެސް [email protected]  އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

10 އެޕްރީލް 2025
ހޯދާ