މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރުއްގަސް ނެގުމަށް ކޯޓޭޝަން ހޯދުން
މިރަށު ސަލަފް ގޯތީގެ އިރުމަތީ ހުރި 01 ރުކާއި ދެކުނުގައި ހުރި 01 ރުއް، ފަސްއެޅީމާ ނުފެންނަ ވަރަށް ބުރިކޮށްލައި ނަގައި އުކާލުމަށް ބޭނުންވެއެވެ. އަދި ލާބަ ގޯތީގެ އުތުރުގައި ހުރި 01 ގަހާއި، ކުނިކޮށީގެ ދެކުނުގައިހުރި 04 ރުއްގަސް ބުޑާއެކު ނަގާ އުކާލުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 17 އޭޕްރީލް 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން މަސައްކަތްކޮށްދޭނެ އަގު އަދި މުއްދަތު ބަޔާންކޮށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 15 އޭޕްރިލް 2025ގެ 9:00 ށް ކައުންސިލަށް ދުރުވެދެއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
10 އެޕްރީލް 2025
ހޯދާ