ދިވެހިރާއްޖެ
މި އިޢުލާންވަނީ 10 އެޕްރީލް 2025 17:39 ގައި ބާތިލް ކުރެވިފައެވެ.
އިއުލާން ނަމްބަރު: (IUL)475/475/2025/51
އިއުލާން
" މޯލްޑިވްސް ޕޮލިޓެކްނިކް މާލެ ކެންޕަހުގެ އެކްސްޓީރިއަރ މަރާމާތުކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ"
ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހާންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން މޯލްޑިވްސް ޕޮލިޓެކްނިކް މާލެ ކެންޕަހުގެ އެކްސްޓީރިއަރ މަރާމާތުކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މައުލޫމާތު ސާފުކުރުން:
މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މައުލޫމާތު ސާފުކުރުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
މައުލޫމާތު ބައްދަލުވުން:
މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ސައިޓް ބެލުމަށް އަދި މައުލޫމާތު ސާފުކުރުމަށް 14 އޭޕްރިލް 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މޯލްޑިވްސް ޕޮލިޓްކްނިކް މާލެ ކެމްޕަސް (ރެހެންދި ހިނގުން، މާލެ) އަށް ވަޑައިގެން ދެއްވުން އެދެމެވެ. މައުލޫމާތު ބައްދަލުވުމަށް ވަޑައިނުގެންނެވިޔަސް އަންދާސީ ހިސާބު ބަލައިގަނެވޭނެވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިއުމަންޓް:
މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބޭނުން ކުރައްވަންޖެހޭ ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިއުމަންޓް، ކުރެހުން އަދި ފުރިހަމަކުރަންޖެހޭ ބީ.އޯ.ކިއު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިއުމަންޓްގައި ހުރިހާ މައުލޫމާތެއް އެކުލެވިފައިވާނެއެވެ. ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިއުމަންޓް[email protected] އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.
އަންދާސީ ހިސާބު ހުށައެޅުން:
ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 އޭޕްރިލް 2025 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 އަށް އުމަރު ޒާހިރު އޮފީސް ބިލްޑިންގ، ފަސްވަނަ ފްލޯރގައި ހުންނަ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ރިކުއެސްޓް ފޯ ކޯޓޭޝަންގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ކޯޓޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އަންދާސީ ހިސާބުތަށް ބަލާނެ މިންގަނޑު:
މި ތަކެތި ސަޕްލައިކޮށްދޭނޭ ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވޯކްސް، ނަން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސާރވިސަސް، އޮގަސްޓް 2018 " ގައި ވާ ގޮތުގެ މަތިންނެވެ.
ހުށަހަޅުއްވާ އަންދާސީ ހިސާބު އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:
ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވަލޮޕްމަންޓް
އުމަރު ޒާހިރު އޮފީސް ބިލްޑިންގ،5 ވަނަ ފަންގިފިލާ
އޯކިޑްމާ ހިނގުން، މާލެ ސިޓީ، ހުޅުމާލެ
އީމެއިލް : [email protected]
ފޯން: 3026975/3026982