ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުއް ސަލާމް މިސްކިތުގެ އިންފާރު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ފ.ނިލަންދޫ މަސްޖިދުއްސަލާމުގެ އިންފާރު މަރާމާތުކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތްތަކުގެ  ތަފުސީލު، މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި، ވެބްސައިޓު (www.faafnilandhoo.gov.mv) އާއި، ފޭސްބުކް ޕޭޖު (Faafu Nilandhoo Council Idhaaraa) އަދި ގެޒެޓުން ލިބެން ހުންނާނެއެވެ.  މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ކަރުދާސް ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކަށް 2025 އެޕްރީލް 13 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި މަޢުލޫމާތު ކަރުދާސް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.

ވީމާ، މިމަސައްކަތްތައް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2025 އެޕްރީލް 24 ވަނަ ދުވަހުގެ 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖު އަދި ގެޒެޓުން ޑައުންލޯޑު ކުރެއްވޭނެއެވެ.

ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވަން ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑީގައެވެ.

11 ޝައްވާލް 1446

10 އެޕްރީލް  2025

10 އެޕްރީލް 2025
ހޯދާ