މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް އައު އިމާރާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ޕްރީ ސްކޫލް އައު އިމާރާތުގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން، މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަފްސީލް

ތާރީޚް

ގަޑި

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން

17 އޭޕްރީލް 2025

11:00

ބިޑުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި

17 އޭޕްރީލް 2025

14:00

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން

04 މެއި 2025

11:00

 

އަދި މި ބިޑް އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފްސީލާއި، މަސައްކަތުގެ ތަފްސީލް ފޯރުކޮށްދެވޭނީ ބިޑަށް ރަޖިސްޓްރީ ވުމުން ކަމުގައި ދަންނަވެމެވެ. ބިޑަށް ރަޖިސްޓްރީވުމަށް މި އިއުލާނާއެކު އެޓޭޗް ކުރެވިފައިވާ ބިޑް ރަޖިސްޓްރީ ފޯމް ފުރިހަމަކުރުމަށްފަހު ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މަސައްކަތް ހަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓްގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު [email protected]  އިން ނުވަތަ ރަސްމީ ގަޑީގައި 6580020 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

               

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.       

12 ޝައްވާލް 1446

10 އޭޕްރީލް 2025

10 އެޕްރީލް 2025
ހޯދާ