ދިވެހިރާއްޖެ
ނަންބަރު: HDFC/LEGAL/2025/0078
އިޢުލާން
" ހުޅުމާލެ ބިމުގެ ނަންބަރު 10661 (ވޯޓަރލިލީ އެޕާރޓްމަންޓްސް) 01-03 ފްލެޓް " ވިއްކުމާބެހޭ
ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. އިން އަލްފާޟިލް އިސްމާޢީލް އިބްރާހީމް، ދަފްތަރު. ނަންބަރު ރސ 5750 / މާލެ އާއި އަލްފާޟިލާ އާމިނަތު ޝަހާމާ ޢީސާ، ހަވީރީނާޒް / ރ. އަލިފުށި އަށް ދޫކޮށްފައިވާ ލޯނަށް ރަހުނު ކޮށްފައިވާ " ހުޅުމާލެ ބިމުގެ ނަންބަރު 10661 (ވޯޓަރލިލީ އެޕާރޓްމަންޓްސް) 01-03 ފްލެޓް" ވިއްކުމާ ބެހޭ
ފްލެޓް ގެ ތަފްސީލް:
ބާވަތް: އެއްމެދު ޢިމާރާތް
ނަން: ހުޅުމާލެ ބިމުގެ ނަންބަރު 10661 (ވޯޓަރލިލީ އެޕާރޓްމެންޓްސް)
ފްލެޓުގެ ރަޖިސްޓްރީ ނަންބަރު: އ.އ.ހ.02/03-01/70
ފްލެޓުގެ ނަންބަރު: 01-03
ފްލެޓުގެ ތަފްޞީލް: 866 އަކަ ފޫޓު،
ވެރިފަރާތް: އަލްފާޟިލް އިސްމާޢީލް އިބްރާހީމް، ދަފްތަރު.ނަންބަރު ރސ 5750 މާލެ އަދި އަލްފާޟިލާ އާމިނަތު ޝަހާމާ، ހަވީރީނާޒް / ރ. އަލިފުށި
ރަޙުނު ވިއްކާލުމުގެ ހުއްދަ: ސިވިލް ކޯޓުގެ ޤަޟިއްޔާ ނަންބަރު: 128/Cv-C-HD/2022 ގެ ދަށުން 21 ޖަނަވަރީ 2025 ގައި ދެއްވާފައިވާ ރަހުނު ވިއްކާލުމުގެ ހުއްދަ
ނީލަމުގެ ތަފްސީލް:
ހުށަހެޅޭނެ އެންމެ ދަށް އަގު:1,721,175.00 ރ. (އެއްމިލިއަން ހަތްލައްކަ އެކާވީސް ހާސް އެއްސަތޭކަ ހަތްދިހަ ފަސްރުފިޔާ)
މުއްދަތު ހަމަވާ ތާރީޚް: 24 އެޕްރީލް 2025 ގެ މެންދުރުފަހު 1:30 އަށް
ސިޓީ ހުޅުވުން އޮންނަ ތަން: ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. ހ. މިއަލަނި 03 ވަނަ ފަންގިފިލާ
ހުޅުމާލެ ބިމުގެ ނަންބަރު 10661 (ވޯޓަރލިލީ އެޕާރޓްމަންޓްސް) 01-03 ފްލެޓް ބައްލަވައި ގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން އަގު ސާފުކޮށް ބަޔާންކުރައްވައި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އާއެކު ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި، މިކުންފުނީގެ ހެޑްއޮފީސް، ހ. މިއަލަނި، 3 ވަނަ ފަންގިފިލާއަށް އަގު ހުށަހެޅުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި " ހުޅުމާލެ ބިމުގެ ނަންބަރު 10661 (ވޯޓަރލިލީ އެޕާރޓްމަންޓްސް) 01-03 ފްލެޓް ގަތުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.
އަމިއްލަ ފަރުދުން:
- އަގު ބަޔާންކޮށްފައިވާ ސިޓީ، ގުޅޭނެ ފޯނު ނަންބަރައެކު
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
ކުންފުންޏެއްނަމަ:
- މި ނީލަމާ ގުޅިގެން މިކުންފުންޏާ މުޢާމަލާތް ކުރައްވާނެ ފަރާތަކާއި ގުޅޭނެ ފޯނު ނަންބަރާއި
- އެކު ހުށަހަޅުއްވާ އަގު ބަޔާންކޮށްފައިވާ ސިޓީއެއް
- ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
- މި ނީލަމާ ގުޅިގެން މި ކުންފުންޏާ މުޢާމަލާތް ކުރައްވާނެ ފަރާތެއް އައްޔަނުކުރައްވާފައިވާ ކުންފުނީގެ ޤަރާރު
- ކުންފުނީގެ މެމޮރެންޑަމް އަދި އާރޓިކަލް އޮފް އެސޯސިއޭޝަން
ސިޓީތައް ހުޅުވުން އޮންނާނީ ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މުއްދަތު ހަމަވާ ތާރީޚާ ހަމައަށް ސިޓީ ހުށައަޅުއްވާފައިވާ ފަރަތްތަކުގެ ތެރެއިން އެވަގުތު އެތަނަށް ހާޒިރުވެ ވަޑައިގެން ތިއްބެވި ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި އެންމެ މަތީ އަގު އިޢުލާން ކުރެވޭނެއެވެ.
ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު މިކުންފުނީގެ ވެބްސައިޓް (www.hdfc.com.mv) ގައި އިއުލާންކުރެވި، މިކުންފުނީގެ ނޯޓިސް ބޯރޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަން ނިންމާލެވޭނީ ވިދިވިދިގެން 03 (ތިނެއް) ދުވަހު (ރަސްމީ ބަންދު ދުވަސްތައް ނުލައި) އެއް އަގެއްގައި އޮތުމުންނެވެ. އެފަރާތަކަށް ނީލަން ނިންމުމަށް މިކުންފުނިން ކަނޑައަޅައިފިކަން އަންގާ ތާރީޙުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެފަރާތަކުން ހުށަހެޅި އަގަށްވާ ފައިސާ މިކުންފުންޏަށް ނުދައްކައިފިނަމަ އެހުށަހެޅުން ބާޠިލް ކޮށް ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން ބާތިލްކޮށް، އަލުން ފެށުމުގެ ޙައްޤު މިކުންފުންޏަށް ލިބިގެންވެއެވެ.
ވަކިފަރާތަކަށް ނީލަން ނިންމުމަށް މިކުންފުނިން ކަނޑައަޅައިފިކަން ރަސްމީކޮށް އެފަރާތަކަށް މިކުންފުނިން އެންގުމުގެ ކުރިން ނީލަން ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވާކަމުގައި ދެންނެވީމެވެ. އަދި މީގެ އިތުރުން ހުޅުމާލެ ބިމުގެ ނަންބަރު 10661 (ވޯޓަރލިލީ އެޕާރޓްމަންޓްސް) 01-03 ފްލެޓް ގަތުމަށް ވަކި ފަރާތަކުން ފައިސާ ދެއްކުމުގެ ކުރިން ޢިމާރާތުގެ ވެރިފަރާތުން މިކުންފުނިން ނަގާފައިވާ ލޯނުތަކަށް ދައްކަންޖެހި ނުދެއްކެވިވާ ފައިސާ ދައްކަން ބޭނުންވެލައްވާނަމަ، އެފަރާތަށް އިސްކަންދެވޭނެ ކަމުގައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. ރިކަވަރީ ޑިޕަރޓްމަންޓާއި (ފޯނު ނަންބަރު: 3334666 އަދި 3000112، އީމެއިލް: [email protected]) ގުޅުއްވުން އެދެމެވެ.
ނޯޓް: މަތީގައި ބަޔާން ކުރެވިފައިވާ ހުޅުމާލެ ބިމުގެ ނަންބަރު 10661 (ވޯޓަރލިލީ އެޕާރޓްމަންޓްސް) 01-03 ފްލެޓް ގަތުމަށް ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. ގައި މަސައްކަތް ކުރައްވާ އެއްވެސް މުވައްޒަފަކަށް ނުވަތަ މިކުންފުނީގެ ބޯޑް ޑައިރެކްޓަރަކަށް ނުވަތަ އެފަދަ އެއްވެސް ފަރާތެއްގެ އާއިލާގެ އެއްވެސް ބޭފުޅަކަށް (މަންމަ ނުވަތަ ބައްޕަ، ދަރިން، އެއްބަނޑު ނުވަތަ އެއްބަފާ ބޭފުޅުން އަދި ފިރިމީހާ ނުވަތަ އަނބިމީހާ) ބައިވެރިއެއް ނުވެވޭނެއެވެ.