މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް ސެންޓަރ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ވޭސްޓް މެނޭޖްމަންޓް ސެންޓަރ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން، މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަފްސީލް

ތާރީޚް

ގަޑި

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން

15 އޭޕްރީލް 2025

11:00

ބިޑުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި

15 އޭޕްރީލް 2025

14:00

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން

24 އޭޕްރީލް 2025

11:00

 

އަދި މި ބިޑް އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފްސީލާއި، މަސައްކަތުގެ ތަފްސީލް ފޯރުކޮށްދެވޭނީ ބިޑަށް ރަޖިސްޓްރީ ވުމުން ކަމުގައި ދަންނަވެމެވެ. މަސައްކަތް ހަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓްގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު [email protected]  އިން ނުވަތަ ރަސްމީ ގަޑީގައި 6580020 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

               

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.       

11 ޝައްވާލް 1446

9 އޭޕްރީލް  2025

09 އެޕްރީލް 2025
ހޯދާ