ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

 

                                                                                   FSM-ADV/2025/043

މުވައްޒަފުން ބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

 

މަޤާމް:

ޗީފް އޮފިސަރ

ޑިޕާޓްމަންޓް/ސެކްސަން:

ލޮޖިސްޓިކްސް

ބޭނުންވާ އަދަދު:

01

ޝަރުތުތައް:

-        10000 ގްރޮސް ޓަނޭޖް ނުވަތަ އެއަށްވުރެން މަތީ ޓަނޭޖްގެ ފޮރިންގޯއިންގ އަދި ކޯސްޓަލް ވެސެލްއެއްގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

-        ޑްރައި ޑޮކިންގ ގެ ތަޖުރިބާ ލިބިފައިވުން

-        ޗީފް އޮފިސަރ އެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލްކަން ލިބިފައިވުން އަދި އުޅަނދު ދުއްވުމުގެ ހުނަރު ހުރުން

-        10,000ޖީ.އާރު.ޓީ ނުވަތަ އެއަށްވުރެ ބޮޑެތި އުޅަނދުފަހަރަށް މާސްޓަރެއްގެ ގޮތުގައި ޞައްޙަ ސީ.އޯ.ސީއެއް ލިބިފައިވުން

-         ޓޭންކަރ ސޭފްޓީ ކޯސް ފުރިހަމަކޮށްފައިވުން

-        2 އަހަރު ދުވަހުގެ ސައްހަ ސީމަން މެޑިކަލް ސެޓްފިކެޓް ލިބިފައިވުން

މަސްޢޫލިއްޔަތު:

-        މުދާ ލޯޑްކުރުމާއި އަންލޯޑިންގ ސުޕަވައިޒްކުރުމުގައި ސޭފްޓީ ޕްރޮޓޮކޯލްތަކަށް ތަބާވާކަން ކަށަވަރުކުރުން

-        ކާގޯ އޮޕަރޭޝަންތަކުގައި އުޅަނދުތަކުގެ ސްޓެބިލިޓީ މޮނިޓަރކޮށް ބެލެހެއްޓުމާއި ޓްރިމްކުރުން

-        ކްރޫއިން ބެލެހެއްޓުމާއި، ފައިދާހުރި ލީޑަރޝިޕް ފޯރުކޮށްދިނުމާއި، ހެޔޮ އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ދެމެހެއްޓުން

-        ކަނޑުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް އުޅަނދު ތަބާވާކަން ކަށަވަރުކުރުން

-        އުޅަނދުފަހަރުގެ ދަތުރުފަތުރުގެ ސާމާނު ރަނގަޅަށް މަސައްކަތްކޮށް ބެލެހެއްޓުން

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ލޮޖިސްޓިކްސް ޑިޕާޓްމަންޓް/ ބޯޓުފަހަރަށް

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 14 އޭޕްރިލް 2025 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.

 

 

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

09 އޭޕްރިލް 2025

09 އެޕްރީލް 2025
ހޯދާ