ދިވެހިރާއްޖެ
މި އިދާރާގެ ނަންބަރު: i(IUL)425-CB/1/2025/35 (10ފެބުރުވަރީ 2025) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.
ސިނަމާލެ 3 ގުރަންޑްފުލޯގެ ބުރުޒު މަގާވީ ފަރާތުގެ 02- 31 ގައި ހަދާފައިވާ ގުދަން ހިންގުމާގުޅޭގޮތުން ނުވަތަ އެ ގުދަނުގައި ތަކެތި ބެހެއްޓުމާގުޅޭ ގޮތުން މިކައުންސިލާއި ދެމެދު އެއްވެސް އެއްބަސްވުމެއް ހަދާފައިވާ ނަމަ އެފަދަ އެއްބަސްވުމުގެ ކޮޕީއާއި އެއާގުޅޭ ލިޔެކިޔުންތައް 18 ފެބުރުވަރީ 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުމަށް އަންގާފައިވީ ނަމަވެސް މިއަދާ ހަމައަށްވެސް އެފަދަ އެއްވެސް ލިއުމެއް އަދި އެގުދަން ބޭނުންކުރަމުންދަނީ ކޮން ފަރާތަކުންކަމެއް މި ކައުންސިލަށް އަންގާފައި ނުވާތީ، އެ ގުދަން މިހާރު ވަނީ މި ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
އެހެންކަމުން މަތީގައި ދަންނަވާފައިވާ ގުދަނުގައި އެއްވެސް ފަރާތެއްގެ މުދަލެއް ނުވަތަ އެއްވެސް އެއްޗެއް ބަހައްޓާފައިވާނަމަ އެއެއްޗެއްގެ ވެރިފަރާތަކީ ކާކުކަން އެނގޭނޭ ލިޔުންތަކާއެކު މި ކައުންސިލަށް ހުށަހަޅައި މި އަދުން (09 އޭޕްރީލް 2025) ފެށިގެން 07 ދުވަހުގެ ތެރޭގައި އެތަކެތި މި ކައުންސިލާއި ގުޅިގެން މި ކައުންސިލުން އެ ގުދަން ހުޅުވާދޭ ގަޑިތަކުގައި ނެންގެވުމަށް ދެންނެވީމެވެ. މި މުއްދަތުގެ ތެރޭގައި އެ ގުދަނުގައި ބަހައްޓާފައިވާ އެއްވެސް އެއްޗެއްގެ ނުވަތަ މުދަލެއްގެ ވެރިފަރާތެއް އެކަން ކައުންސިލަށް ނާންގައި ނުވަތަ އެ މުދާ ނުވަތަ އެއެއްޗެއް ނުގެންގޮސްފި ނަމަ އެ ގުދަނުގައި ބަހައްޓާފައިވާ ތަކެއްޗަކީ އެތަން ޤަވާއިދާ ޚިލާފަށް ކައުންސިލުގެ ހުއްދަ ނެތި ބޭނުންކުރި ފަރާތަކުން ކުނީގެ ގޮތުގައި އުކާލާފައިވާ އެއްޗެހި ކަމުގައި ބަލައި އެފަދަ ތަކެތި ކުނީގެ ގޮތުގައި ނައްތާލާނެ ވާހަކަ އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.
ވީމާ، ދެންނެވުނު މުއްދަތުގައި ތަކެތި ނުގެންގޮސްފިނަމަ ކައުންސިލުގެ ބެލުމުގެ ދަށުން އެ ގުދަން ހުސްކޮށް ގުދަން ސާފުކުރުމުގެ މަސައްކަތްކުރާއިރު ބަހައްޓާފައި ހުރި ތަކެއްޗަށް ލިބޭ ގެއްލުމަށް މި ކައުންސިލުން ޒިންމާ ނުވާނެ ވާހަކަ ދަންނަވަމެވެ. އަދި އެ އެފަދަ ތަކެތި ކުނީގެ ގޮތުގައި ނައްތާލެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.