ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ އުލިގަމުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ 3000 އަކަފޫޓްގެ 56 ގޯއްޗެވެ. ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ލޭންޑް ޔޫސް ޕުލޭނުގައި ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދު ތަކުންނެވެ.
ވީމާ، މި އިޢުލާނާއެކު ގެޒެޓުކުރެވިފައިވާ "ތިލަދުންމަތީ އުތުރުބުރީ އުލިގަމުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލު – 2025" ގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
މި ފޯމު ދޫކުރާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 12:00 އަށެވެ. އަދި މި އިދާރާގެ ރަސްމީ ވެބްސައިޓުގެ ތިރީގައިވާ ލިންކުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.
https://uligan.gov.mv/dv/downloads/dhiriulhumahtakai-dhookuraa-bandaara-goaachah-edhey-foam
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 18 މެއި 2025 އިން 29 މެއި 2025 ގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 12:00 އަށް މި އިދާރާގެ ކައުންޓަރަށެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލު ކުރެއްވުން އެދެމެވެ. ނުވަތަ 6501014 ނަންބަރަށް ގުޅުއްވުން އެދެމެވެ.
މި އިޢުލާނާއެކު ތިރީގައިވާ ލިޔެކިޔުން އެއްކަރުދާސް ކުރެވިފައިވާނެއެވެ.
- ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު
- ތިލަދުންމަތީ އުތުރުބުރީ އުލިގަމުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލު – 2025
- އިޤުރާރު
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.