މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަމީނީއުފާ ކެންޓީން ހިނގި އިމާރާތް ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައުން

މި އިދާރާގެ ނަންބަރު: i(IUL)425-CB/1/2025/316 (28 ޖަނަވަރީ 2025) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.

މާލޭގެ 152 ނަންބަރު ކޮށި އަމީނީމަގުގައި ހަދާފައިވާ އަމީނީ އުފާ ކެންޓީން ހިންގި އިމާރާތް ކުއްޔަށް ދީފައިވާ މުއްދަތު ހަމަވެ ގިނަދުވަސްވުމާއި އެ އިމާރާތުގެ ކުލީގެ ގޮތުގައި ކައުންސިލަށް ދައްކަންޖެހޭ ފައިސާ ނުދައްކާ އަދި އެ އިމާރާތް މިހާރު ބޭނުން ކުރަމުންދަނީ ކޮންފަރާތަކުންކަމެއް ކައުންސިލަށް އެނގިފައިނުވާތީ އެ އިމާރާތް 06 ފެބުރުއަރީ 2025 ވަނަ ދުވަހުގެ 12:00ގެ ކުރިން މި ކައުންސިލާއި ހަވާލުކުރުމަށް އިއުލާންކޮށް އެ އިއުލާނު އެ އިމާރާތުގެ ދޮރުގައާއި އިމާރާތުގެ ފާރުގައި ހިއްޕާ ގެޒެޓުކޮށްފައި ވީ ނަމަވެސް މިއަދާ ހަމައަށްވެސް އެ އިމާރާތް ކައުންސިލާއި ހަވާލުކޮށްފައިނުވާތީ، އެ އިމާރާތް މިހާރު ވަނީ މި ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އެހެންކަމުން މަތީގައި ދަންނަވާފައިވާ އިމާރާތުގައި އެއްވެސް ފަރާތެއްގެ މުދަލެއް ނުވަތަ އެއްވެސް އެއްޗެއް ބަހައްޓާފައިވާނަމަ އެއެއްޗެއްގެ ވެރިފަރާތަކީ ކާކުކަން އެނގޭނޭ ލިޔުންތަކާއެކު މި ކައުންސިލަށް ހުށަހަޅައި މި އަދުން (09  އޭޕްރީލް 2025) ފެށިގެން 07 ދުވަހުގެ ތެރޭގައި އެތަކެތި މި ކައުންސިލާއި ގުޅިގެން މި ކައުންސިލުން އެ އިމާރާތް ހުޅުވާދޭ ގަޑިތަކުގައި ނެންގެވުމަށް ދެންނެވީމެވެ. މި މުއްދަތުގެ ތެރޭގައި އެ އިމާރާތުގައި ބަހައްޓާފައިވާ އެއްވެސް އެއްޗެއްގެ ނުވަތަ މުދަލެއްގެ ވެރިފަރާތެއް އެކަން ކައުންސިލަށް ނާންގައި ނުވަތަ އެ މުދާ ނުވަތަ އެއެއްޗެއް ނުގެންގޮސްފި ނަމަ އެ އިމާރާތުގައި ބަހައްޓާފައިވާ ތަކެއްޗަކީ އެތަން ޤާވާއިދާ ޚިލާފަށް ކައުންސިލުގެ ހުއްދަ ނެތި ބޭނުންކުރި ފަރާތަކުން ކުނީގެ ގޮތުގައި އުކާލާފައިވާ އެއްޗެހި ކަމުގައި ބަލައި އެފަދަ ތަކެތި ކުނީގެ ގޮތުގައި ނައްތާލާނެވާހަކަ އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.

ވީމާ، ދެންނެވުނު މުއްދަތުގައި ތަކެތި ނުގެންގޮސްފިނަމަ ކައުންސިލުގެ ބެލުމުގެ ދަށުން އެ އިމާރާތް ހުސްކޮށް އެ އިމާރާތް ސާފުކުރުމުގެ މަސައްކަތްކުރާއިރު ބަހައްޓާފައި ހުރި ތަކެއްޗަށް ލިބޭ ގެއްލުމަށް މި ކައުންސިލުން ޒިންމާ ނުވާނެ ވާހަކަ ދަންނަވަމެވެ. އަދި އެ އެފަދަ ތަކެތި ކުނީގެ ގޮތުގައި ނައްތާލެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

09 އެޕްރީލް 2025
ހޯދާ