ދިވެހިރާއްޖެ
އިޢުލާން
ބިން ކުއްޔަށް ދޫކުރުން
ށ. ގޮއިދޫ ސިނާއީ ސަރަހައްދުން ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ. ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.
# |
ބިމުގެ ތަފްސީލް |
ބިމުގެ ސައިޒް |
ބިމުގެ އަދަދު |
ބިން ކުއްޔަށް ދޫކުރެވޭ މުއްދަތު |
01 |
ގުދަން ބިން |
600 އަކަފޫޓް (20×30 ފޫޓް) |
04 |
15 އަހަރު |
02 |
ގާ އަޅާ ބިން |
3000 އަކަފޫޓް (50×60 ފޫޓް ) |
03 |
15 އަހަރު |
03 |
ވާރކްޝޮޕް ބިން |
1050 އަކަފޫޓް (30×35 ފޫޓް ) |
02 |
15 އަހަރު |
04 |
ވަޑާންގެ ބިން |
1350 އަކަފޫޓް (30×45 ފޫޓް ) |
04 |
15 އަހަރު |
05 |
ފައިބަރ ބިން |
3600 އަކަފޫޓް (40×90 ފޫޓް ) |
03 |
15 އަހަރު |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ،އަމިއްލަ ފަރުދުން ، އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ ކުންފުނިތަކުން 20 އޭޕްރީލް 2025 ގެ 14:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަކޮށް [email protected] އަށް މެއިލް ކުރެއްވުމަށްފަހު ތިރީގައި މި ދަންނަވާ ގަޑިއަށް މި އިދާރާއަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. ބިޑް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ބިޑް ހުށަހެޅުމަށް ގަޑިއަށް ހާޟިރު ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެއްވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
# |
ތަން |
ތާރީޙް |
ގަޑި |
|
1 |
ބީލަމުގައި ރަޖިސްޓްރީވުން |
ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް [email protected] އަށް މެއިލް ކުރައްވައިގެންނެވެ. |
09 އޭޕްރީލް 2025 އިން 20 އޭޕްރީލް 2025 އަށް |
00:14 އަށް |
2 |
ބީލަމުގެ މަޢުލޫމާތު ސެޝަން |
ށ.ގޮއިދޫ ކައުންސިލް އިދާރާގެ މީޓިން ރޫމް |
24 އޭޕްރިލް 2025 |
13:00 ގައި |
3 |
ބީލަމުގެ މަޢުލޫމާތު ދިނުން |
ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް މަޢުލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވައިދެވޭނެއެވެ. |
24 އޭޕްރިލް 2025 |
14:00 ކުރިން |
4 |
ބީލަން ހުށަހެޅުން |
ށ.ގޮއިދޫ ކައުންސިލް އިދާރާގެ މީޓިން ރޫމް |
28 އޭޕްރީލް 2025 |
13:00 ގައި |
މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު މިއިދާރާގެ ނަންބަރު 9606540043 ފޯނާއި ގުޅުއްވުމުން ނުވަތަ މިއިދާރާއަށް ވަޑައިގަތުމުން ސާފުކޮށްދެވޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
10 ޝައްވާލް 1446
08 އޭޕްރީލް 2025