ދިވެހިރާއްޖެ
އިޢުލާން
ބަންޑާރަގޯތިތަކުގައި ފައިބަރުގެ މަސައްކަތްކުރުމާއި ގުޅޭ.
ފައިބަރުގެ މަސައްކަތަކީ މިރަށުގައި ވަރަށް އާންމު ގޮތެއްގައި ކުރެވެމުންދާ މަސައްކަތެކެވެ. މި މަސައްކަތުގައި ބޭނުންކުރެވޭ އެންމެހާ ކެމިކަލްތަކަކީ އިންސާނުންގެ ސިއްޙަތައް ގެއްލުންދޭ ނުރައްކާތެރި އެތަކެއް ވިހަ މާއްދާތަކެއް އެކުލެވޭ އެއްޗެއް ކަމުގައި ވީހިނދު މި މަސައްކަތް ކުރުމުގައި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ވަނީ ޤަވާއިދުތަކާއި އުސޫލުތަކެއް އާންމު ކޮށްފައެވެ.
ވީމާ މި ޤަވާއިދާއި އުސޫލުގެ ދަށުން ފައިބަރުގެ މަސައްކަތްކުރާ ތަންތަނަކީ ރައްކާތެރިކަމުގެ މިންގަނޑުތަކާއި އެއްގޮތަށް ހުންނަ ތަންތަން ކަމުގައި ވާންޖެހެއެވެ. މީގެ އިތުރުން، ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގައި މަސައްކަތްކުރެވޭނީ ކައުންސިލްގެ ހުއްދަ ހޯދައިގެން ކަމުގައި ވީހިނދު ބައެއް ފަރާތްތަކުން ހުއްދަ ނުހޯދައި މަސައްކަތް ކުރަމުންދާކަން މިކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. އަދި މިފަދަ މައްސަލަތަކަކީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއެކު މެނުވީ ކައުންސިލަށް ހައްލު ނުކުރެވޭނެ ކަމަކަށްވާތީ ފައިބަރުގެ މަސައްކަތް ނުވަތަ ފައިބަރު ބޭނުންކޮށްގެން އެއްވެސް މަސައްކަތެއް ކުރާނަމަ ކައުންސިލުގެ ހުއްދައާއެކު ވަށައިގެން ބަންދުކޮށް އާންމު ރައްޔިތުންނަށް އުނދަގޫ ނުވާނެގޮތަށް މެނުވީ ފައިބަރުގެ މަސައްކަތް ނުކުރުމަށް އަންގަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.