ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ގެންމިސްކިތްމަގު، ހަވިއްތަމަގު އަދި ހޯދަޑު ބޯޅަދަނޑު ސަރަޙައްދުގައި ދަނޑުވެރިކަން ކުރައްވާ އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި:

ފުވައްމުލަކު ގެންމިސްކިތްމަގު، ހަވިއްތަމަގު އަދި ހޯދަޑު ބޯޅަދަނޑު ސަރަޙައްދުގައި ދަނޑުވެރިކަން ކުރައްވާ ބައެއް ފަރާތްތަކުން މަގަށް އަރާގޮތަށް ގަސް އިންދާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މިފަދައިން މަގަށް އަރާގޮތަށް ގަސް އިންދުމަކީ މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވުމުގެ އިތުރުން، ނުރައްކާތެރި ހާދިސާތައް ހިނގުމަށް މަގުފަހިވެދާނެ ކަމެކެވެ. އަދި މިމަގުތަކަކީ ބޭރުން ރަށަށް އަންނަ ގިނަ އަދަދެއްގެ ފަރާތްތަކުން ވެސް އާންމުކޮށް ބޭނުންކުރާ މަގުތަކަށްވާއިރު މިގޮތަށް ގަސްއިންދާފައި ހުރުމުގެ ސަބަބުން މަގުތަކުގެ ފުރިހަމަ ރީތިކަން ގެއްލި މަގުގެ ސާފުކަން ކުޑަވެގެންދާކަންވެސް ފާހަގަކޮށްލަމެވެ.

      މިހެންކަމުން، މި ސަރަޙައްދުގައި ދަނޑުވެރިކަން ކުރައްވާއިރު، މަގުގެ އަރިމަތިން ފެށިގެން މަދުވެގެން 3 ފޫޓުގެ ދުރުމިނެއްގައި ދަނޑުތައް ހެއްދުމަށް ދަންނަވަމެވެ. އަދި މިގޮތަށް އިންދާފައިވާ ގަސްތައް މިއަދުން (09 އެޕްރީލް 2025) ފެށިގެން 05 (ފަހެއް) ދުވަހުގެ ތެރޭގައި ނަގައި ތަން ސާފުކުރުމަށް ދަންނަވަމެވެ. ދެވިފައިވާ މުއްދަތުގެ ތެރޭގައި ނުނަގައި ހުންނަ ގަސްތައް ކައުންސިލްގެ ފަރާތުން ނަގާނެ ވާހަކަ ދަންނަވަމެވެ. އަދި މިކަމާ ގުޅިގެން ލިބިދާނެ އެއްވެސް ގެއްލުމަކަށް ކައުންސިލުން ޒިންމާ ނުވާނެ ވާހަކަވެސް ދަންނަވަމެވެ.

09 އެޕްރީލް 2025
ހޯދާ