ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަކި ގޭބިސީގެ ގޮތުގައި ދިރިއުޅެމުންދާ ތަންތަނުގެ މަޢުލޫމާތު ހޯދުން.

ދައުލަތުގެ އެކިއެކި އިދާރާތަކުން ބަލަހައްޓަމުންގެންދާ ތަފާސް ހިސާބުތައް އަދާހަމަކުރުމަށާ އަދި ދައުލަތުގެ ފަރާތްތަކުން ގޭބިސީތަކަށް ދޫކުރާ ތަކެތި ބެހުމުގެ ލުއި ފަސޭހައަށްޓަކައި، ވަކި ގޭބިސީގެ ގޮތުގައި ފ. ނިލަންދޫގައި ދިރިއުޅެމުންދާ ތަންތަނުގެ މަޢުލޫމާތު ހޯދަން ބޭނުންވެއްޖެއެވެ.  

ވީމާ، އެއްގެއެއްގައި ނުވަތަ އެއްގޯއްޗެއްގައި ވަކިން ކައްކައި ކައިބޮއި ނިދާ ހަދާ ފަރާތްތަކުން އެކަން ބަޔާންކޮށް 2025 މޭ 29 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއިދާރާއަށް ލިޔުމުން އަންގަވައި ދެއްވުން އެދެމެވެ. މިއިދާރާއަށް ހުށަހަޅާ ލިޔުމުގައި ދިރިއުޅޭ ތަނުގެ ނަމާއި، އެތަނެއްގައި ދިރިއުޅޭ އެންމެ އިސްފަރާތުގެ ނަމާއި، ދިރިއުޅޭ މީހުންގެ ޢަދަދާ އަދި ގޯތީގެ ވެރިފަރާތުގެ ނަން އެނގެން އޮންނަންވާނެއެވެ.  

މިހެންވެ، މިކަން  ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 އެޕްރީލް 2025
ހޯދާ