ދިވެހިރާއްޖެ
އދ. މަންދޫ ހިނަވާގެ އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. އެހެންކަމުން މިކަމަށް އެދި އަގުހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތާއި އެއްގޮތަށް ރަޖިސްޓްރީކުރެއްވުމަށްފަހު ތިރީގައިވާ ގަޑިއަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
- ރަޖިސްޓްރީކުރުމުގެ ސުންގަޑި 13 އޭޕްރީލް 2025 (އާދިއްތަ) 13:00 އަށް
- ބީލަމުގައި ރަޖިސްޓްރީ ކުރުމުގެ ލިންކް: https://forms.gle/SSDvMUuDoAxAH4A8A
- ޕްރީބިޑް މީޓިންގ 13 އޭޕްރީލް 2025 (އާދިއްތަ) 11:00 އަށް އދ. މަންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
- އަންދާސީ ހިސާބު ހުށައެޅުން: 17 އޭޕްރީލް 2025 (ބުރާސްފަތި) 10:00 އަށް އދ. މަންދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް، ބީ.އޯ.ކިއު، ކުރެހުން، އަދި ބީލަން ފޮތް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މި މަޢުލޫމާތުތަކުގެ އިތުރުން މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ 13 އޭޕްރީލް 2025 (އާދިއްތަ) 11:00 ގެ ކުރިން ތިރީގައިވާ އީމެއިލްއަށް ލިޔުންތައް ފޮނުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
- އީމެއިލް އެޑްރެސް: [email protected]
ކޮންމެ ފަރާތަކަށްވެސް ހުށައެޅުއްވޭނީ އެއް އަންދާސީ ހިސާބެވެ. އަދި އަންދާސީ ހިސާބު ހުށައެޅުމަށް މަތީގައި ދަންނަވާފައިވާ ގަޑީގެ ފަހުން ހުށައަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާތިލްކުރެވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަންއާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.