އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - މަސައްކަތު (ވަގުތީ)

ވަޒީފާގެ ފުރުސަތު

މަޤާމް:

މަސައްކަތު

ބޭނުންވާ ޢަދަދު:

02 (ދޭއް)

މަޤާމުގެ ގިންތި އާއި މުއްދަތު:

ވަގުތީ (1 އަހަރު)

މަޤާމުގެ ނަންބަރު:

YC-022, YC-023

މަޤާމުގެ ރޭންކް:

އެސް.އެސް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ސ.ގަން ކޮމިއުނިޓީ ސެންޓަރ / ފޭދޫ އަވަށު އޮފީސް

މުސާރަ:

-/3100 ރުފިޔާ

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެ.
 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރަސްމީ ކޮންމެ ދުވަހަކު 1 ފަހަރު ކަނޑައެޅިފައިވާ ތަން/ސަރަހައްދު ސާފުކުރުން.
  2. ރަސްމީ ކޮންމެ ދުވަހަކު 1 ފަހަރު ޑަސްޓްބިންތައް ހުސްކޮށް ސާފުކުރުން.
  3. ރަސްމީ ކޮންމެ ދުވަހަކު 1 ފަހަރު ކަނޑައެޅިފައިވާ ސްޓޭޝަންތައް ފޮޅާ ސާފުކޮށް ބެލެހެއްޓުން.
  4. މީޓިންގ ރޫމްތަކުގެ ތެރެއިން ހަވާލުކުރެވިފައިވާ މީޓިންގ ރޫމުތައް ކޮންމެ ދުވަހަކު 1 ފަހަރު ފޮޅާ ސާފުކުރުން.
  5. ރަސްމީ ކޮންމެ ދުވަހަކު ހަވާލުކުރެވިފައިވާ ހުރިހާ ފާޚާނާތައް ދޮވެ، ސާފުކުރުން.
  6. އޮފީހުގެ ފާޚާނާތަކުގައި ބޭނުންކުރާ ތަކެތި ހުސްނުވާނެ ނިޒާމެއްގެ ދަށުން ސްޓޮކުން ހޯދައި، އެ ތަކެތި ހުސްނުވެ ހުންނާނެ އިންތިޒާމް ހަމަޖެއްސުން.
  7. ހަވާލުކުރެވިފައިވާ ތަންތަނުގެ ރޫމްތަކާއި ސްޓޭޝަންތަކުގެ ބިއްލޫރިތައް ހަފްތާއަކު 1 ދުވަހު ފޮހެ ސާފުކުރުން.
  8. ތަމްރީން ޕްރޮގްރާމްތަކާއި، ޖަލްސާ/ސެމިނަރ ފަދަ ހަރަކާތްތަކަށް ސައި/ކޮފީ ތައްޔާރުކުރުމާއި، ނިމުމުން ތަށިތައް ނަގައި، ދޮވެ ސާފުކުރުން.
  9. އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ރަސްމީ ލިޔެކިޔުންތައް އިދާރާއިން ހަމަޖައްސާ ގޮތެއްގެމަތިން އެ ފަރާތްތަކަށް ރައްދުކުރުން.
  10. އޮފީސް އިމާރާތުގައި ބެހެއްޓިފައިވާ ފަރުނީޗަރ އަދި ހިފާގެންގުޅޭ ތަކެތި އެއްތަނުން އަނެއްތަނަށް ބަދަލުކުރުން.
  11. އޮފީސް މަރާމާތުކުރުމުގެ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައްކުރުން.
  12. އިދާރާގެ ބޭނުންތަކަށް ނަގާ ކޯޓޭޝަން ނަގަންދިއުން.
  13. އިދާރާއަށް ބޭނުންވާ މުދާނެގުމުގައި އެހީތެރިވުން.
  14. އިދާރާއިން ނައްތާލަންޖެހޭ ތަކެތި ނައްތާލުމުގައްޔާއި ނީލަންކިޔުމުގައި ތަކެތި އުފުލައި އެހީތެރިވެދިނުން.
  15. ދިމާވާ މައްސަލަތައް ޙައްލުކުރުމަށް އޮފީހަށް ރިޕޯޓް ކޮށް ޙައްލު ކުރުމަށް މަސައްކަތް ކުރުން.
  16. އޮފީހުގެ ދިދަ އެރުވުމާއި، ދިދަ ހަލާކުވެ  ކުލަ ފަނޑުވުން ފަދަ ކަމެއް ދިމާވެއްޖެނަމަ ވަގުތުން އޮފީހަށް ރިޕޯޓްކޮށް އާ ދިދަ ހޯދުން.
  17. އޮފީހުން އަންގާ ޚާއްޞަ މަސައްކަތް (އެކިއެކި ކާރިސާތަކާއިގުޅިގެން) ކުރުން.
  18. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް  ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ  ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރަޓަރީޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  19. ކައުންސިލް އިދާރާގެ މަސައްކަތާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރަޓަރީ ޖެނެރަލަށް ފުރިހަމަޔަށް ޖަވާބުދާރީވުން.

މަޤާމުގެ ޝަރުތުތައް:

  • ލިޔަންކިޔަން އެނގުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ، ސިއްހަތު ރަނގަޅު މީހަކު ކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

  1. ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
    ފޯމުގެ ލިންކް: https://adducity.gov.mv/uploads/1557727304.pdf
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
    (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
    (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
    (ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
    (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުމުން - %50
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް - %5
  3. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ - %5
  4. އިންޓަރވިއު - %40

މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 70 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ.

ނޯޓް: މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 އޭޕްރީލް 16 ވާ ބުދަ  ދުވަހުގެ 14:00ގެ ކުރިން، ފޭދޫ އަވަށު އޮފީހަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2025 އޭޕްރީލް 20 އާއި 2025 އޭޕްރީލް 23 އާ ދެމެދު، ފޭދޫ އަވަށު އޮފީހުގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6892018  ނަންބަރު ފޯނާއެވެ.

11 ޝައްވާލު  1446

09 އޭޕްރީލް 2025

09 އެޕްރީލް 2025
ހޯދާ