ދިވެހިރާއްޖެ
މި ސުކޫލުގައި ކުރިން ބޭނުންކުރި ހޯލު މަރާމާތުކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މި ސުކޫލުގެ ކުރިން ބޭނުންކުރަމުންދިޔަ ހޯލުގެ ކުލާސްރޫމްތަކުގައި ފާރު ރާނައި ވަކިކުރުމަށް، މި ސުކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި، މި މިސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2025 އޭޕްރިލް 15 ވާ (އަންގާރަ) ދުވަހުގެ 12:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވުމަށް މިއިދާރާގެ ނަންބަރ 6540554 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް ބޭނުންކޮށްގެން ރަޖިސްޓްރީކުރަންވާނެއެވެ.
ބީލަމުގައި ނަންނޯޓް ކުރުމުގެ ލިންކް:https://forms.gle/rSpMW4vHT2gRvKEU8
| 
 ރަޖިސްޓަރ ވުމުގެ ސުންގަޑި  | 
 އަންދާސީ ހިސާބު ހުށަހެޅުން  | 
| 
 ތާރީޙް: 15 އޭޕްރީލް 2025  | 
 ތާރީޙް: 22 އޭޕްރީލް 2025  | 
| 
 ގަޑި: 12:00  | 
 ގަޑި: 12:00 / ތަން: މާއުނގޫދޫ ސްކޫލް (އޮފީސް)  | 
އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓަރކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6540554އާ ގުޅުއްވުން އެދެމެވެ.
