ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރު ކައުންސިލް އިދާރާގެ އައު އިމާރާތް ސޯލަރ ކުރުމުގެ ޕްރޮޖެކްޓްގެ ކޮންސަލްޓެންޓަކު ހޯދުން

ނައިފަރު ކައުންސިލް އިދާރާގެ އައު އިމާރާތް ސޯލަރ ކުރުމުގެ ޕްރޮޖެކްޓްގެ ކޮންސަލްޓެންޓަކު ހޯދުން

ނައިފަރު ކައުންސިލް އިދާރާގެ އައު އިމާރާތުގައި ސޯލަރ ހަރުކުރުމުގެ މަސައްކަތް ކުރިޔަށްދާ މުއްދަތުގައި، ޕްރޮޖެކްޓްގެ ކަންކަން މޮނިޓަރ ކޮށް ކައުންސިލަށް ބޭނުންވާ ލަފާ ހޯދުމަށްޓަކައި ސޯލަރ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ފެންވަރު ނުވަތަ ޝަރުތު:

މި މަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް "ޓަރމްސް އޮފް ރިފަރެންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ.

ޓަރމްސް އޮފް ރިފަރެންސް މި އިޢުލާނާއި އެކު އެޓޭސްކުރެވިފައިވާނެއެވެ.

 

ޕްރޮޕޯސަލް ހުށަހެޅުން:

ޕްރޮޕޯސަލް ހުށަހަޅާ ފަރާތުން ނުވަތަ އެ ފަރާތުން ކަނޑައަޅާ ފަރާތަކުން، ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުވާންވާނެއެވެ. ބަދަލުގައި އަންނަ ނަމަ ހުށަހަޅާ ފަރާތުގެ ހުއްދަ ލިބިފައިވާކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ. މިބައްދަލުވުމަށް ހާޒިރުނުވާ ފަރާތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.

މި ބައްދަލުވުން އޮންނާނީ 17 އޭޕްރީލް 2025 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ނައިފަރު ކައުންސިލް އިދާރާގައެވެ.

 

އެޕްލިކޭޝަންއާއި އެކު ހުށަހަޅުއްވަން ޖެހޭ ލިޔެކިޔުން:

  • އެކްޕްރެޝަން އޮފް އިންޓްރެސްޓް
  • އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ސީވީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ ނުވަތަ ޕާސްޕޯޓް ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނެ ރެފަރެންސް ލެޓަރތަކުގެ ކޮޕީ
  • ޕްރޮޕޯސަލް (މަސައްކަތް ކުރުމަށް ރާވާފައިވާ ގޮތުގެ ތަފްޞީލް ހިމެނޭ ކަރުދާސް)

 

ކޮންސަލްޓެންޓަކު ހޮވުން:

މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ޓަރމްސް އޮފް ރިފަރެންސް ގައިވާ ގޮތުގެ މަތިން ޓެކްނިކަލް އިވެލުއޭޝަން ހެދުމަށްފަހު އޭގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށެވެ. މި މަސައްކަތަށް ހޮވޭ ފަރާތުން ހުށަހަޅުއްވާފައިވާ ލިޔެކިޔުންތަކުގެ އަސްލާއި އެއްގޮތްކަމުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

 

ހުށަހަޅުއްވާ ޕްރޮޕޯސަލް އެޑްރެސް ކުރައްވާނީ:

ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ

ޅ. ނައިފަރު، ދިވެހިރާއްޖެ

6620068

 

09 އެޕްރީލް 2025
ހޯދާ