ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ، ރ.އަލިފުށި އައުޓްރީޗް ސެންޓަރުގައި 2025 ވަނަ އަހަރުގެ 1 ވަނަ ސެމިސްޓަރގައި ފެށުމަށް ހަމަޖެފައިވާ ޙިފުޡު ކުލާސްތަކަށް ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި ކުލާސް ތަކުގައި ބައިވެރިވެވޭނީ ޢުމުރުން 7 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ.
| ރ. އަލިފުށި އައުޓްރީޗް ސެންޓަރ | ޖާގަ | 
| ހެނދުނު | 15 | 
| ހަވީރު | 15 | 
މި ކުލާހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން ޙިފުޡު ކުލާހުގައި ބައިވެރިވުމަށް އެދޭ ފޯމު، 17 އޭޕްރީލް 2025 ގެ 13:30 ގެ ކުރިން ރ.އަލިފުށި އައުޓްރީޗް ސެންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މެއިލްކުރައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ޙިފުޡު ކުލާހުގައި ބައިވެރިވުމަށް އެދޭ ފޯމު މިމަރުކަޒުގެ ވެބްސައިޓުންނާއި، ރ.އަލިފުށި އައުޓްރީޗް ސެންޓަރުން ލިބެން ހުންނާނެއެވެ. ކުލާސްތަކަށް ދަރިވަރުން ނެގޭނީ ޙިފުޡު ކުލާހުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި ކުރެވޭ އިންޓަވިއުއިން ލިބޭ މާކްސްއަށް ބެލުމަށްފަހުގައެވެ. އިންޓަރވިއު ކުރުމަށް ހަމަ ޖެހިފައިވަނީ 23 އޭޕްރީލް 2025 އިން 30 އޭޕްރީލް 2025 އާއި ދެމެދު އެވެ.
 
                    