ދިވެހިރާއްޖެ
ޤާނޫނު ނަންބަރ: 2010/7 "އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" ގެ 107 ވަނަ މާއްދާގެ ދަށުން ، ކައުންސިލުގެ ފަރާތުން ކޮންމެ 4 މަހަކުން 1 ފަހަރު ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ބައްދަލުވުމެއް ބޭއްވުމަށް ބަޔާންކޮށްފައިވެއެވެ. މިގޮތުން މިހިނގާ 2025 ވަނަ އަހަރުގެ ފުރަތަމަ 4 މަސްދުވަހަށް ހާއްސަކުރެވިގެން ބާއްވާ ބައްދަލުވުން 10 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެރޭ 8:45 ގައި ޕްރީސްކޫލްގައި އޮންނާނެއެވެ.
ބައްދަލުވުމުގެ އެޖެންޑާ
1- ބަނދަރުގައި އުޅަނދުފަހަރު އެޅުމަށް ބުޑުއެޅުމާމެދު މަޝްވަރާކުރުން
2- ފާލަމެއް އެޅުމާއި މެދު މަޝްވަރާކުރުން
3- އައުޓްޑޯ ޖިމް އަޅާނެ ބިމެއް ހަމަޖެއްސުމާމެދު މަޝްވަރާކުރުން
4- ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރ އަޅާނެ ބިމެއް ހަމަޖެއްސުމާމެދު މަޝްވަރާކުރުން
މިބައްދަލުވުމަށް މިރަށުގެ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.