ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާރަންދޫ ކުޑަކުދިންގެ ޕާކުގެ އިރު އުތުރު ކަނުން ( ބަނދަރު ސަރަހައްދުން ) ކެފޭ / ރެސްޓޯރަންޓް ހިންގުމަށް 2000 (ދެހާސް) އަކަފޫޓްގެ 01 ބިން ބިޑު އުޞޫލުން ދޫކުރުން

މާރަންދޫ ކުޑަކުދިންގެ ޕާކުގެ އިރު އުތުރު ކަނުން ( ބަނދަރު ސަރަހައްދުން )  ކެފޭ / ރެސްޓޯރަންޓް ހިންގުމަށް  2000 (ދެހާސް) އަކަފޫޓްގެ 01 ބިން ބިޑު އުޞޫލުން ދޫކުރުން

   މިއީ، މާރަންދޫ ކުޑަކުދިންގެ ޕާކުގެ އިރު އުތުރު ކަނުން ( ބަނދަރު ސަރަހައްދުން ) ކެފޭ / ރެސްޓޯރަންޓް ހިންގުމަށް 2000 (ދެހާސް) އަކަފޫޓްގެ 01 ބިން 15 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ފުރުސަތު  ހުޅުވާލުމަށް ކުރެވޭ އިޢުލާނެކެވެ.

                     ވީމާ، މި ބިމުގައި ކެފޭ / ރެސްޓޯރަންޓް ހިންގުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް ބިޑް ރަޖިސްޓްރީ ކުރެއްވުމަށްފަހު ބިޑް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ބިޑް ރަޖިސްޓްރީ ކުރުން:

އޮންލައިން ފޯމް މެދުވެރިކޮށް. ލިންކު: https://forms.office.com/r/YFSdTJ45jg

ތާރީޚް: 16 އޭޕްރިލް 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން

މި މަސައްކަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ބިޑް ޑޮކިއުމެންޓްސްތައް ޙިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ.

ބިޑް ހުށަހެޅުން:

ތަން: ހއ.މާރަންދޫ ކައުންސިލް އިދާރާ

ތާރީޚް: 23 އޭޕްރިލް 2025 ވާ ބުދަ ދުވަހުގެ 12:00                                 

ބިޑް ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ.

މި މަސައްކަތައް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. މިކަމަށް އެދި އަންދާސީ ހިސާބުހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހިގެން ބިޑް ހުށައަޅަން ހާޒިރުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށައަޅަން ޖެހޭނެއެވެ. މި އަންދާސީ ހިސާބުގައި ބައިވެރި ވެވޭނީ ޤާނޫން ނަމްބަރު 18/2014 "ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން" އަދި 19/2014 " އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫން" ގެ ދަށުން މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. މިކަމަށް އެދި ހުށައަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށައަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500029 / 7791831  ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

10 ޝައްވާލް 1446

08 އޭޕްރިލް 2025

08 އެޕްރީލް 2025
ހޯދާ