ދިވެހިރާއްޖެ
ހއ.މާރަންދޫއިން ޕެޓްރޯލް އަދި ޑީސަލް ޝެޑް ތަރައްޤީކޮށް ހިންގުމަށް ބިން ކުއްޔަށްދޫކުރުން
މިއީ، މާރަންދޫ ބަނދަރުގެ ދެކުނު ފަރާތު ހޮޅުއަށި ހުރި ސަރަހައްދުން 2000 ( ދެހާސް ) އަކަފޫޓުގެ 2ބިން ޕެޓްރޯލް އަދި ޑީސަލް ޝެޑް ތަރައްޤީކޮށް ހިންގުމަށް 15 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ފުރުސަތު ހުޅުވާލުމަށް ކުރެވޭ އިޢުލާނެކެވެ.
ވީމާ، މި ބިމުގައި ޕެޓްރޯލް އަދި ޑީސަލް ވިޔަފާރި ތަރައްޤީ ކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް ބިޑް ރަޖިސްޓްރީ ކުރެއްވުމަށްފަހު ބިޑް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ބިޑް ރަޖިސްޓްރީ ކުރުން: އޮންލައިން ފޯމް މެދުވެރިކޮށް. ލިންކު: https://forms.office.com/r/4bwjwgNiVW ތާރީޚް: 16 އޭޕްރިލް 2025 ވާ ބުދަ ދުވަހުގެ 10:30 ގެ ކުރިން މި މަސައްކަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ބިޑް ޑޮކިއުމެންޓްސްތައް ޙިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ. |
ބިޑް ހުށަހެޅުން: ތަން: ހއ.މާރަންދޫ ކައުންސިލް އިދާރާ ތާރީޚް: 23 އޭޕްރިލް 2025 ވާ ބުދަ ދުވަހުގެ 10:30 ބިޑް ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ. |
މި މަސައްކަތައް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. މިކަމަށް އެދި އަންދާސީ ހިސާބުހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހިގެން ބިޑް ހުށައަޅަން ހާޒިރުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށައަޅަން ޖެހޭނެއެވެ. މި އަންދާސީ ހިސާބުގައި ބައިވެރި ވެވޭނީ ޤާނޫން ނަމްބަރު 18/2014 "ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން" އަދި 19/2014 " އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫން" ގެ ދަށުން މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. މިކަމަށް އެދި ހުށައަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށައަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500029 7791831 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
10 ޝައްވާލް 1446
08 އޭޕްރިލް 2025