މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނ. މާފަރުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށައަޅާއިރު ރަށުން ބޭރުގައި ދިރިއުޅޭ ފަރާތްތަކުން ފޯމާއިއެކު ހުށައަޅަންޖެހޭ އިތުރު ލިޔެ ކިޔުންތައް ހުށައެޅުމަށް
މާފަރުން ބަންޑާރަ ގޯތި ދޫކުރުމަށް 27 ފެބްރުއަރީ 2025 ގައި ކޮށްފައިވާ ނަންބަރު (IUL)290/290/2025/22 އިއުލާން ގައި ހިމަނާފައިވާ ބަންޑާރަ ގޯތި ލިބޭ ހައްގުވެރިން ކަނޑައެޅުމަށްޓަކައި ޕޮއިންޓް ދިނުމަށް ކައުންސިލުން ނިންމާފައިވާ އުސޫލްގެ 8.6 ރައްވެހި ކަމުގެ ބައިން ޕޮއިންޓް ދިނުމަށްޓަކައި މާފަރުގައި ދިރިއުޅެމުން ނުދާ ފަރާތްތައް ރަށުގައި ދިރިނޫޅޭ މުއްދަތު ބެލުމަށްޓަކައި، ބަންޑާރަ ގޯޗަށް އެދި ފޯމް ހުށަހަޅާއިރު ތިރީގައި މިވާ ތަކެތި ފޯމާ އެކު ހުށަހެޅުއްވުން އެދެމެވެ.
- ދަރިން ސްކޫލްގައި ކިޔަވަމުން ދާކަމުގެ ލިޔުން ނުވަތަ ލީވިން ސެޓްފިކެޓް
- ވަޒީފާގައި އުޅޭ ކަމުގެ ލިއުން
- ޔުނިވަސިޓީ، ކޮލެޖްތަކުގައި ހަދަމުންދާ ކޯތްތަކުގެ ލިޔުންތައް
- ކުއްޔަށް އުޅޭ ކަމުގެ ލިއުން ( ދިރިއުޅެމުންދާ ގޭގެ ވެރިފަރާތުގެ)
އަދި މިހާރު މިފަދަ ފަރާތެއް ކައުންސިލަށް ފޯމް ހުށަހަޅާފައިވާނަމަ މަތީގައިވާ ލިއުންތަށް ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވުމުގެ ކުރިން ކައުންސިލަށް ހުށަހަޅާދެއްވުން އެދެމެވެ.
08 އެޕްރީލް 2025
ހޯދާ