މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީއަށް އިންތިޙާބުކުރާ އާންމު މެންބަރުންގެ މަޤާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

މި އިދާރާގެ ނަންބަރު (IUL)290/290/2025/21 އިއުލާނާއި ހަވާލާދީ ދަންނަވަމެވެ. ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީއަށް އިންތިޙާބުކުރާ އާންމު  މެންބަރުންގެ މަޤާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމުން މިކަމަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ އަލުން އެ އިއުލާން ކުރަމެވެ. 

މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލުގެ 143 ވަނަ އާންމު ބައްދަލުވުމުން ފާސްކޮށްފައިވ،ާ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީއެއް އެކުލަވާލުމުގެ އުސޫލުގެ 5 ވަނަ މާއްދާގެ ދަށުން ކޮމެޓީއެއް އެކުލަވާލުމަށްޓަކައި އެ މާއްދާގެ (ށ) ގެ 2 ވަނަ އަދަދުގައި ބަޔާންކުރާ ފަދައިނ،ް ނ. މާފަރުގެ އާންމު ރައްޔިތުން ތަމްސީލް ކުރާ 05 (ފަހެއް) މެންބަރުން އިންތިޙާބުކުރަން ބޭނުންވެއެވ.ެ

ވީމ،ާ ތިރީގައިވާ ޝަރުތުތައް ހަމަވާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 އޭޕްރިލް 2025 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން ސިޓީއަކުން މި އިދާރައަށް ހުށަހެޅުއްވުން އެދެމެވ.ެ

ކޮމެޓީ މެންބަރުންގެ ޝަރުތުތައް ؛

) ދިވެހި ރައްޔިތެއްކަމުގައިވުން

(ށ) މާފަރުގެ ރަށްވެއްސަކަށްވުން

(ނ) މި މަސައްކަތުގައި ގިނަ ވަގުތު އުޅެވޭނެ މީހަކުކަމުގައިވުން

(ރ) އަމިއްލަ ނަމުގައި ނުވަތަ އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ގޯއްޗެއް ނުވަތަ ފްލެޓެއް ރެޖިސްޓްރީކޮށްފައި އޮތުން

ވީމ،ާ މިކަން ޢާއްމުކޮށް އަންގާ އިޢު ލާން ކުރީމެވ.ެ 

08 އެޕްރީލް 2025
ހޯދާ