ދިވެހިރާއްޖެ
ގދ.ގައްދޫ ކައުންސިލް އަށް އިންޓާންޝިޕްގެ ދަށުން މަސައްކަތްކުރާނެ މުވައްޒަފުން ހޯދަން ބޭނުންވެއްޖެއެވެ.
ބޭނުންވާ އަދަދު: 02
މުއްދަތު: 06 މަސްދުވަސް
އުމުރު: 16 އަހަރާއި 30 އަހަރާއި ދެމެދު
އެލެވަންސް/ޕޮކެޓްމަނީ: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/165ރ
އިތުރުގަޑީގެ އެލަވަންސް: އިތުރުގަޑީގެ ގޮތުގައި މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް -/20ރ
މަސައްކަތު ގަޑި: 06 ގަޑިއިރު
ވަޒީފާ އަދާކުރަންޖެހޭތަން: ގދ.ގައްދޫ ކައުންސިލް އިދާރާ
ޝަރުތު:
ގްރޭޑް 10 ނިންމާފައިވުން
މަސްޢޫލިއްޔަތު: ކައުންސިލުން އަންގާ ގޮތެއްގެ މަތިން ކައުންސިލްގެ އިދާރީ މަސައްކަތްތައް ކުރުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަކޮށްފައިވާ ވަޒީފާއަށްއެދޭ ފޯމް (ފޯމް ގައްދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ)
- ވަޒީފާ އަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެ ފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެގޭގޮތަށް ފެންނަ ކޮޕީއެއް.
- ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އެނގޭނެ ގޮތަށް)
- ވަޒީފާ އަށް އެދޭ ފަރާތުގެ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
- ވަޒީފާ އަށް އެދޭ ފަރާތުގެ ލީވިންގ ސެޓްފިކެޓްގެ ކޮޕީ
- ވަޒީފާ އަށް އެދޭ ފަރާތަކީ 18 އަހަރުން ދަށުގެ ފަރާތެއް ނަމަ ބެލެނެވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ސިޓީ
އިންޓާންޝިޕް އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:
- ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ލިބިފައިވާ އެހެނިހެން ހުނަރު
- ޤާބިލްކަން ކަށަވަރު ކުރުމަށް އިންޓަރވިކުރުން
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:
މިމަޤާމަށް މުވައްޒަފުން ނެގުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 23 އެޕްރީލް 2025 އާއި 27 އެޕްރީލް 2025 އާއި ދެމެދުގައި ގައްދޫ ކައުންސިލް އިދާރާގައެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
ވަޒީފާ އަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 އެޕްރީލް 2025 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ގައްދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާ އަށް އެދޭ ލިޔެކިޔުންތައް އީމެއިލް މެދުވަރިކޮށް ފޮނުވާނަމަ ގައްދޫ ކައުންސިލް އިދާރާގެ މެއިލް [email protected] އަށް މެއިލް ކުރުމަށްވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯދުން:
މި ވަޒީފާ އާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވެލައްވާނަމަ ގައްދޫ ކައުންސިލް އިދާރާގެ ނަންބަރ 6840003 އަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.