ދިވެހިރާއްޖެ
އިޢުލާން
ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު
ކައުންސިލް އިދާރާގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ.
ނީލަމުގެ ތަފްޞީލް |
ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި : 19 އެޕްރީލް 2025 ވާ ހޮނިހިރު ދުވަހު 10:00 ގައި |
ނީލަން ކިޔަން ހަމަޖެހިފައިވާ ތަން : އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ގޯތި ތެރެ |
ނީލަމުގެ ތަކެތި ދައްކާލުން : 16 އެޕްރީލް 2025 (9:00 އިން 12:00 އަށް) |
ނީލަން ކިއުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަމުގައި |
މި އިޢުލާނާއެކު ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުމަށްވެސް ދެންނެވީމެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ދުވަސްތަކުގައި ކައުންސިލް އިދާރާއަށް ވަޑައިގަތުމުން، ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި ވަނީ ލޮޓުތަކަކަށް ބަހާލެވިފައެވެ. ނީލަން ކިޔޭނީ މިއިން ކޮންމެ ލޮޓެއް އެއްކޮށެވެ. ނީލަމުގައި ބައިވެރިވެ، ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން ސަރުކާރު ބަންދުނޫން 03 ދުވަހުގެ ތެރޭގައި ކައުންސިލް އިދާރާއަށް ފައިސާ ދެއްކުމަށްފަހު، ތަކެތި ގެންގޮސް ނިންމަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާ ހުންނަ ތަކެތި ދެވަނަ ފަހަރަށް ނީލަމަށް ލެވޭނެއެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، 2025 އެޕްރީލް 19 ވާ ހޮނިހިރު ދުވަހު ހެނދުނު 10:00 ގައި، ނީލަމުގައި ބައިވެރިވެ ވަޑައިގަތުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަން ޢާންމު ކޮށް އަންގާ އިޢުލާން ކުރަމެވެ.
10 ޝައްވާލު 1446
08 އެޕްރީލް 2025