މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އިސްލާމީ މަރުކަޒުގެ އިމާމުރޫމް ބޮޑުކުރުން

އިޢުލާން

އިސްލާމީ މަރުކަޒުގެ އިމާމުން ނަމާދުކުރުމުގެ ކުރިން މަޑުކުރައްވާ ވެއިޓިންރޫމް އިރުމަތިން ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރީބިޑް މީޓިން 2025 އެޕްރީލް 13 ވާ އާދީއްތަ ދުވަހުގެ 10:00 ގައި އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ.

އަދި މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރައްވާ ހުރިހާ ފަރާތްތަކަށް، މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2025 އެޕްރީލް 12 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.

https://forms.office.com/r/ZW6Sg6c5C5

 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 އެޕްރީލް 17 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2025 އެޕްރީލް 14 ވާ ހޯމަ ދުވަހުގެ 14:00 ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020252  3020261 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

08 އެޕްރީލް 2025
ހޯދާ