މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވޮލީބޯލް ކޯޗުން ތަމްރީނުކުރުމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު
ވޮލީބޯލް ކޯޗުން ތަމްރީނުކުރުމުގެ މަގްސަދުގައި ވޮލީބޯލް އެސޯސިއޭޝަންގެ ފަރާތުން، 2025 ޖުލައި 26 އިން ފެށިގެން 31 ގެ ނިޔަލަށް ކޯހެއް ކުރިޔަށް ގެންދިއުމަށް އެ އެސޯސިއޭޝަނުން ވަނީ ނިންމަވާފައެވެ. މި ކޯހުގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ 5000 ރުފިޔާ ކަމުގައި ދަންނަވަމެވެ.
ވީމާ، މިކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 މެއި 10 ވަނަދުވަހުގެ 12:00 ކުރިން ކޯހަށް އެދި ހުށަހަޅާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މި މެއިލްއަށް [email protected]ހުށަހެޅުއްވުމަށް އެދެމެވެ. އަދި މިއިޢުލާން އާއެކު އެސޯސިއޭޝަންގެ ސަރކިއުލަރ އާންމު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
މިކަން އާއްމުކޮށް އަންގާ ޢިއުލާން ކުރީމެވެ.
10 ޝައްވާލް 1446
08 އޭޕްރިލް 2025
08 އެޕްރީލް 2025
ހޯދާ