ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ސިވިލް އިންޖިނިއަރ އަދި ޕްރޮޖެކްޓް މޮނިޓަރިންގ އެންޑް ކޮލިޓީ ކޮންޓްރޯލް އޮފިސަރ)

މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ. 

މަޤާމް:

 ސިވިލް އިންޖިނިއަރ

ބޭނުންވާ އަދަދު:

 02 (ދޭއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އިންޖިނިއަރ ގްރޭޑް 01

އަސާސީ މުސާރަ:

 މަހަކު -/12500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -/5000 ރުފިޔާ

- ފޯނު އެލަވަންސް: 450.00 ރުފިޔާ

މީގެ އިތުރުން ޕްރޮފެޝަނަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 އިންސައްތަ، މަޤާމާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން މަތީ ސަނަދެއް ޙާޞިލްކޮށްފައިވާނަމަ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

- ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް.

ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- ސިވިލް އިންޖިނިއަރިންގ ދާއިރާއިން މާސްޓާސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

- ސިވިލް އިންޖިނިއަރިންގ ދާއިރާއިން ބެޗްލަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ޕްރޮޖެކްޓްތައް ޑިޒައިންކުރުމާއި ރާވާ ހިންގުމުގެ އެންމެހާ މަސައްކަތް ކުރުން.

- ޕްރޮޖެކްޓްތަކަށް ބޭނުންވާ ޓީ.އޯ.އާރް ތައްޔާރުކުރުން.

- ނިމިފައިވާ ޕްރޮޖެކްޓްތަކާއި ކުރިއަށްދާ ޕްރޮޖެކްޓުތަކުގެ ސަލާމަތީކަންކަން ހުރި ގޮތް ބަލައި ކަށަވަރުކުރުން.

-  ޑިޒައިންތަކާ ބެހޭ ގޮތުން ކާމާ ބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުން.

-  ޕްރޮޖެކްޓަކީ ކާމިޔާބު ޕްރޮޖެކްޓަކަށް ހެދުމަށް، ޕްރޮޖެކްޓް ޓީމްތަކާއި ގުޅިގެން އެ ޕްރޮޖެކްޓުތަކުގެ މަސައްކަތް ކުރިއަށް ދަނީ ރަގަޅަށްކަން ކަށަވަރުކުރުމުގެ ގޮތުން މަސައްކަތުގެ ފެންވަރާއި، މަސައްކަތް ކުރިއަށްދާ މިންވަރު ދެނެގަތުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.

-  ޑިޕާޓްމަންޓުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ލާފާ ދިނުން.

- ޕްރޮޖެކްޓްތައް ކުރިއަށްދާ ގޮތާއި މަސައްކަތް ނިމިފައިވާ މިންވަރުގެ ތަފްސީލީ ރިޕޯޓް ތައްޔާރުކުރުން.

- ޕްރޮޖެކްޓްތަކަށް ބޭނުންވާ ތަފްސީލީ ކުރެހުންތަކާއި ޑިޒައިންތައް، ސްޕެސިފިކޭޝަން އަދި ކޮމްޕިއުޓަރ މޮޑެލްގެ ސްޓްރަކްޗަރ އަދި ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމް ތައްޔާރުކުރުން .

ޕްރޮޖެކްޓް ޕްލޭންކުރުމާއި، ޑިޒައިންކުރުމާއި، ތަންފީޒުކުރުމުގެ އެންމެހާ މަސައްކަތްތަކުގައި ބައިވެރިވުން.

މަޤާމް:

 ޕްރޮޖެކްޓް މޮނިޓަރިންގ އެންޑް ކޮލިޓީ ކޮންޓްރޯލް އޮފިސަރ

ބޭނުންވާ އަދަދު:

 03 (ތިނެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އޮފިސަރ - ގްރޭޑް 3

އަސާސީ މުސާރަ:

 މަހަކު -/6,000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %25

- ލިވިންގ އެލަވަންސް: އަސާސީ މުސާރައިގެ

- އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

- މީގެ އިތުރުން ޕްރޮފެޝަނަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 އިންސައްތަ، މަޤާމާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން މަތީ ސަނަދެއް ޙާޞިލްކޮށްފައިވާނަމަ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

-   ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

-  މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ލެވެލް 04 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ،

-  ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

-   މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 05 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- މަސައްކަތުގެ ފެންވަރާއި ހަރަދުތައް ބެލެހެޓުން

- މަސައްކަތް ހަވާލުކުރި ފަރާތާއި، ކަމާ ގުޅުންހުރި އެންމެހައި ފަރާތްތަކަށް މުޢާމަލަތްކުރުން

- މަސައްކަތުގެ ތާވަލް ބެލެހެއްޓުން

- މަސައްކަތަށް ބޭނުންވާ ތަކެތި ގަތުމުގެ ކަންކަމާއި އެތަކެތި ކަނޑައެޅިފައިވާ ވަގުތުތަކަށް ސައިޓަށް ފޯރުކޮށްދެވޭކަން ކަށަވަރުކުރުން

- ކަނޑައެޅިފައިވާ ވަގުތާއި ބަޖެޓަށް ބެލުން

- ސައިޓުތަކުގައި ކަންހިނގާގޮތް ބެލުން

- ކުރިއަށްދާމިންވަރާއި ގޮންޖެހުންތައް ރިޕޯޓުކުރުން

- ސަބްކޮންޓްރެކްޓަރސް މެނޭޖްކުރުން

- މަސައްކަތާ ގުޅޭ މަޢުލޫމަތު އެމަސައްކަތެއްގައި ބޭނުންކުރުން

- ވަށައިގެންވާ މާޙައުލުގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްކައުތެރި ވުމަށް ހަނދާންކޮށްދިނުން

- މަސައްކަތް ހަވާލުކުރާ ފަރާތައި ޕްރޮޖެކްޓް ޓީމާ ދެމެދު ރަނގަޅަށް މުޢާމަލާތްކުރުން

- މަސައްކަތް ފެށުމުގެ ކުރިން ހޯދަންޖެހޭ މަޢުލޫމަތު ހޯދާ އެއްކުރުން.

ސުންގަޑި:

މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 15 އޭޕްރިލް 2025 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  6. ޕޮލިސް ރިޕޯޓް (މުއްދަތު ހަމަނުވާ)

އިންޓަވިއު:

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

- މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ އޭޕްރީލް/މެއި މަހުގެ ތާރީޚެއްގައިއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                                10 ޝައްވާލް 1446 

08 އެޕްރީލް 2025
ހޯދާ