ކަނޑުހުޅުދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

 

ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ:

                މި ސްކޫލްގެ ސެކިޔުރިޓީ  ބެލެހެއްޓުމުގެ މަސައްކަތް، 16 އޭޕްރީލް 2025 އިން 30 ޑިސެންބަރ 2025 ގެ ނިޔަލަށް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

  • ބޭނުންވާ އަދަދު: 03 މީހުން
  • މަސައްކަތުގެ އަގު: މަހަކު -/5000 (ފަސްހާސް) ރުފިޔާ،  
  • ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތަކީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް، މަހުން މަހުން އަގުދީގެން ހޯދާ ޚިދުމަތަކަށް ވުމާއެކު، މި މަސައްކަތާ ހަވާލުވާ ފަރާތަށް ސްކޫލުން ދޭނީ، މަސައްކަތުގެ އަގަށް ކަނޑައެޅިފައިވާ މަހަކު 5000  (ފަސްހާސް) ރުފިޔާ އެކަންޏެވެ. މި މަސައްކަތުގައި ތިބޭ މީހުންނަކީ، ސްކޫލްގެ މުވައްޒަފެއްގެ ގޮތުން މަސައްކަތްކުރާ ފަރާތަކަށް ނުވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ސަލާމާއި، ޗުއްޓީއާއި، ސަރުކާރު ބަންދު ދުވަސްތަކާއި، އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ ފަދަ އެއްވެސް އިނާޔަތެއް، ސެކިޔުރިޓީ ބަލަހައްޓާ ފަރާތަކަށް ނުލިބޭނެއެވެ.
  • މިމަސައްކަތް ކޮށްދިނުމަށް ކުރިމަތިލެވޭނީ ރަނގަޅު އަޚުލާގެއްގެ، ލިޔަންކިޔަން ދަންނަ، ޢުމުރުން 65 އަހަރުންދަށުގެ، ޞިއްޙަތު ރަނގަޅު، ދިވެހިރައްޔިތުންނަށެވެ. 
  • މަސައްކަތް ކުރަންޖެހޭނީ ސްކޫލުން ކަނޑައަޅާ ޑިއުޓީތާވަލަކާއި އެއްގޮތަށެވެ.
  • މަސައްކަތް ޙަވާލުކުރެވޭ ކޮންމެ ފަރާތަކާއިއެކު މިސްކޫލުން މަސައްކަތުގެ އެއްބަސްވުމެއް ހެދޭނެއެވެ.
  • މިމަސައްކަތް ޙަވާލުކުރުމަށް އެންމެ ޤާބިލު ފަރާތެއް ކަނޑައަޅާނީ، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރުމަށްފަހު އިންޓަރވިއު ކޮށްގެންނެވެ.

ވީމާ، ކޮންޓްރެކްޓް އުސޫލުން މި ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 އޭޕްރީލް 2025 ވާ  އަންގާރަ ދުވަހު،  12:00 ގެކުރިން ސިޓީއަކުން ހުށަހެޅުންވުން އެދެމެވެ. ހުށަހަޅާ ސިޓީއާއެކު ތަޢުލީމީ ސެޓްފިކެޓްތަކާއި ،އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ އަދި ޕޮލިސްރިޕޯޓް ހުށަހަޅުއްވަން ވާނެއެވެ.

04 އެޕްރީލް 2025
ހޯދާ