ދިވެހިރާއްޖެ
2025ވަނަ އަހަރުގެ ދިރާސީ އަހަރަށް ގޮއިދޫ ޕްރީސްކޫލަށް ކުދިން ވެއްދުމުގައި އުމުރުފުރާ ބަލާނީ ތިރީގައި މިދަންނަވާ ގޮތުގެ މަތިން ކަމުގައި ދަންނަވަމެވެ.
ގްރޭޑް |
2025ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރުފުރާތައް |
ބޭބީ ނާސަރީ |
2024 ޑިސެމްބަރ 31 އަށް 2 އަހަރުފުރި 3 އަހަރު ނުފުރޭ ދަރިވަރުން |
ނާސަރީ |
2024 ޑިސެމްބަރ 31 އަށް 3 އަހަރުފުރި 4 އަހަރު ނުފުރޭ ދަރިވަރުން |
ވީމާ، ސްކޫލަށް ކުދިން ވެއްދުމަށް ބޭނުންފުޅުވާ ފަރާތްތަކުން " ސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 08އެޕްރީލް 2025ވާ އަންގާރަ ދުވަހުން ފެށިގެން 10 އެޕްރީލް 2025ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 ން 13:00 އަށް ގޮއިދޫ ކައުންސިލްގެ އިދާރާއިންނެވެ.
- ބޭބީނާސަރީއަށް ކުއްޖަކު ވައްދާނީ، ނިމުނު އަހަރުގެ ޑިސެންބަރު 31 އަށް އުމުރުން 2 އަހަރު ފުރިފައިވާ ކުދިންނަށް ކަމުގައި ކަނޑައަޅާފައިވީ ނަމަވެސް ހިނގާ އަހަރުގެ 31 މާރޗްގެ ނިޔަލަށް 2އަހަރު ފުރޭ ކުދިންނަށް ބޭބީ ނާސަރީއަށް އަދި ހިނގާ އަހަރުގެ 31 މާރޗްގެ ނިޔަލަށް 3 އަހަރު ފުރޭ ކުދިންނަށް ނާސަރީއަށް ވަނުމުގެ ފުރުޞަތު ބެލެނިވެރިޔާ އެދިއްޖެނަމަ އެކުއްޖަކަށް ދެވިދާނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
09 ޝައްވާލް 1446