ހއ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ލެބޯރެޓަރީ އެސިސްޓެންޓް-ވޭޖް

އިޢުލާނު

 

މަޤާމު:

ލެބޯރެޓަރީ އެސިސްޓެންޓް

މަޤާމުގެ ނަންބަރު:

J-119389

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ވޭޖް އެމްޕްލޯއިމަންޓްގެ އުސޫލުން (ވަޒީފާއަށް ނެގޭ ތާރީޚުން ފެށިގެން 2025 އޮގަސްޓް 20 ގެ ނިޔަލަށް)

މަޤާމުގެ ރޭންކު:

GS-3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހއ. އަތޮޅު މަދަރުސާ / ހއ.ހޯރަފުށި

މުސާރަ:

ރޭންކު

މުސާރައާއި އެލަވަންސްތައް (މަހަކަށް)

ދުވާލަކަށްދެވޭނެ އުޖޫރައިގެ މިންވަރު

1 (އެއް) ގަޑިއިރަށްދެވޭނެ އުޖޫރައިގެ މިންވަރު

ޖީ.އެސް - 3

7527.75ރ

342.17ރ

57.03ރ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކިޔެވުން އޮންނަ ކޮންމެ ދުވަހެއްގެ ހެނދުނު 7:00 ގެ ކުރިން ސައެންސް ލެބް ހުޅުވާ ދުވަހުގެ މަސައްކަތަށް ތައްޔާރުކުރުން.
  2. ކުލާސްތަކަށް ކިޔަވައިދެއްވާ މުދައްރިސުން އެދިލައްވާ ގޮތެއްގެ މަތިން ލެބުގައި ޕްރެކްޓިކަލްސް ހެދޭނެ އިންތިޒާމް ހަމަޖައްސައި ދިނުން.      
  3. ސައެންސް ލެބްގައި ހުންނަ އިކްއިޕްމެންޓްސްގެ ރަޖިސްޓްރީ ތައްޔާރުކޮށް ބަލަހައްޓަން ލޭބަލްކުރުން.    
  4. ސައެންސް ލެބްގެ ސްޓޮކް ދުވަހުން ދުވަހަށް ބަލަހައްޓައި، ޓީޗަރުންނަށް ދޫކުރާ ތަކެތީގެ ރަޖިސްޓްރީ ބެލެހެއްޓުން.  
  5. ޓީޗަރުންގެ މަޝްވަރާއާއެކު ލެބުގައި މަދުވާ ކެމިކަލްސްއާއި، އިކްއިޕްމެންޓްސް ހޯދުމަށްޓަކައި ސެކްޝަނުގެ އިސްވެރިޔާ މެދުވެރިކޮށް ބަޖެޓް ސެކްޝަނާއި ވާހަކަ ދައްކައިގެން ތަކެތި ހޯދުމަށް މަސައްކަތް ކުރުން.
  6. ސައެންސް ލެބުގައި ހުންނަ ކެމިކަލްސްތަކާއި އިކްއިޕްމަންޓްސް ރައްކާތެރިގޮތުގައި ބެލެހެއްޓުން.      
  7. ސައެންސް ލެބްގެ ސާފުތާހިރުކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި، ތަކެތި ގެންގުޅުމުގައި ފަރުވާ ކުޑަކުރާ ފަރާތްތަކުގެ މަޢްލޫމާތު އިސްވެރިޔާއަށް ދިނުން    
  8. ސައެންސް ލެބުގައި ޕްރެކްޓިކަލްސް ލެސަންތައް ކުރިއަށް ގެންދާއިރު މުދައްރިސުންނާއި ދަރިވަރުންނަށް އެހީތެރިވެދިނުމަށް ލެބުގައި ޙަރަކާތްތެރިވުން.
  9. އިދާރީ މަސައްކަތްތަކުގެ ތެރެއިން، އެވަގުތަކަށް ކުރަންޖެހިއްޖެ ކޮންމެ މަސައްކަތެއް އިސްވެރިޔާ އަންގަވާ ގޮތެއްގެމަތިން ކުރުމާއި، މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބައެއްވަންތަކަން ޤާއިމްކުރުމަށް މަސައްކަތްކުރުން.    
  10. ކޮށާރު ޕޯޓަލް މެދުވެރިކޮށް ދަރިވަރުންގެ ޓެކްސްޓް ފޮތްތަކަށް އެދުމާއި ފޮތް ދޫކުރުން، ލައިބްރަރީ އަދި ސްކޫލްގައި ހިންގޭ އެކި އެކި ޙަރަކާތްތަކުގެ ފަސްޓްއެއިޑް ކަންކަން ބަލަހައްޓަވާ މުވައްޒަފު ނެތިއްޖެ ހާލަތެއްގައި އެ މަސައްކަތްކުރުން    
  11. ކޮށާރު ޕޯޓަލް މެދުވެރިކޮށް ދަރިވަރުންގެ ޓެކްސްޓް ފޮތްތަކަށް އެދުމާއި ފޮތް ދޫކުރުން، ލައިބްރަރީ އަދި ސްކޫލްގައި ހިންގޭ އެކި އެކި ޙަރަކާތްތަކުގެ ފަސްޓްއެއިޑް ކަންކަން ބަލަހައްޓަވާ މުވައްޒަފު ނެތިއްޖެ ހާލަތެއްގައި އެ މަސައްކަތްކުރުން    
  12. ލިބޭ ފައިސާ ބަލައިގަތުމާއި، ރަސީދު ލިޔުން، ފައިސާ ޙަވާލުކުރުމާއި ޙަވާލުކުރެވިފައިވާ ޒިއްމާތަކާއި ގުޅިގެން ލިޔަންޖެހޭ ސިޓީ / މެސެޖް ލިޔުން 
  13. އެންޓްރީ ކުރުމާއި އެކި ކަހަލަ އެޕްލިކޭޝަންތައް ދޫކުރުމާއި ބަލައިގަތުން އަދި ހެލްތު ރޫމް ބެލެހެއްޓުން
  14. އެކްޓިވިޓީ ޔުނިފޯމާއި ގުޅިގެން ކުރެވޭ އެންމެހާ މަސައްކަތްތައްކުރުމާއި، ސްކޫލުގައި ބޭއްވޭ އެކިއެކި އިވެންޓްތަކާއި ގުޅިގެން ހަމަޖައްސަން ޖެހޭ އިދާރީ ކަންކަން ބެލެހެއްޓުމާއި ދަރިވަރުންގެ ފީލްޑް ޓްރިޕް އަދި އިވެންޓްތަކާއި ގުޅޭ ގޮތުން ސިޓީ ތައްޔާރުކުރުން

މަޤާމުގެ ޝަރުޠުތައް:

  1. 'ސާނަވީ' އިމްތިހާނުގެ 'ކެމިސްޓްރީ' ނުވަތަ 'ބައޮލޮޖީ' ހިމެނޭގޮތަށް 3 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ތަޢުލީމީ ރޮނގުތައް: ނެތް

ޕްރިފަރޑް ޑިސިޕްލިންތައް: ނެތް

ކޯރ ޑިސިޕްލިންތައް:  ނެތް

ގުޅޭ ވަޒީފާގެ ދާއިރާތައް: ނެތް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1.ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)   ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

25

އިންޓަރވިއު

35

މަޤާމަށް ޢައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15އޭޕްރީލް 2025 ގެ 13:00 ގެ ކުރިން، ހއ.އަތޮޅު މަދަރުސާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް[email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 17 އޭޕްރީލް 2025 އާއި 30 އޭޕްރީލް 2025 އާ ދެމެދު، ހއ.އަތޮޅު މަދަރުސާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500048 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

08 އެޕްރީލް 2025
ހޯދާ