ލަންދޫ ސްކޫލް، ނ. ލަންދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި ސްކޫލުގެ ބައެއް މަރާމާތުކުރުމާއިގުޅޭ:
އިޢުލާން
މި ސްކޫލުގެ ބައެއް މަރާމާތުކުރުމާއިގުޅޭ:
މިސްކޫލުގެ ތިރީގައި މިދަންނަވާ މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
- ސްޓާފްރޫމް ފުރާޅާއި ސީލިންގ
- މިމަސައްކަތް ކުރުމަށް ސައުޤުވެރިވެލައްވާ ފަރާތްތަކުން 7 އޭޕްރީލް 2025 އިން 16 އޭޕްރީލް 2025 އަށް ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 12:00 އާއި ދެމެދު މި ސުކޫލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓްކުރެއްވުމާއި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އައި.ޑީ ކާރޑު ގެންނެވުން އެދެމެވެ.
- މި ޕްރޮޖެކްޓާއިބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 15 އޭޕްރީލް 2025 އަންގާރަ ދުވަހުގެ 12.00 ގެކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމަކުން ހުށަހެޅުއްވުންއެދެމެވެ.
- މި ޕްރޮޖެކްޓާއިބެހޭ މަޢުލޫމާތުދިނުމުގެ ބައްދަލުވުންއޮންނާނީ 10 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މި ސުކޫލުގެ އޮފީސް ރޫމްގައެވެ. މައުލޫމާތުސާފުކުރުމަށާއި ބިޑުހުށަހެޅުމަށް ވެރިފަރާތުގެބަދަލުގައި ދުރުވާބޭފުޅެއްނަމަ ވެރިފަރާތުގެ ސިޓީއާއި ނޭސަނަލް އައި،ޑީ ކާޑްގެކޮޕީ ހުށަހަޅަން ވާނެއެވެ.
- ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 16 އޭޕްރީލް 2025 ވާ ބުދަ ދުވަހުގެ 10:00 ގައި މި ސުކޫލް އޮފީސް ރޫމްގައެވެ.
- ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައިނަންނޯޓް ނުކުރައްވާފަރާތްތަކަށް މަޢުލޫމާތުދިނުމުގެ ބައްދަލުވުނުގައި ބައިވެރި ނުވެވޭނެވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެވަޑައިނުގަންނަވާ ފަރާތަކުން ހުށައަޅުއްވާ އަންދާސީ ހިސާބް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
- މިޕްރޮޖެކްޓާގުޅޭ މައުލޫމާތުސީޓްގެ ސޮފްޓްކޮޕީ 9 އޭޕްރީލް 2025 އިން 15 އޭޕްރީލް 2025 އަށް ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 8:00 އިން މެންދުރުފަހު 10:00 ދެމެދު މި ސުކޫލަށް ދުރުވުމުން ލިބިވަޑައިގަންނަވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- 8. ޕްރޮކިއުމަންޓް ސެކްޝަން ލަންދޫ ސްކޫލް ނ. ލަންދޫ، ދިވެހިރާއްޖެ.
- ފޯން: 6560576 ، އީ-މެއިލް: [email protected] ، ކޮޕީ-މެއިލް: [email protected]
ވީމާ މިކަންޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
8 ސައްވާލް 1446
7 އޭޕްރީލް 2025
07 އެޕްރީލް 2025
ހޯދާ