ދިވެހިރާއްޖެ
ގުޅީ ރައްޔިތުންގެ ޤުރުއާން ކުލާސް ހިންގައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.
|
ތަން |
ތާރީޙް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ކ.ގުޅީ ކައުންސިލް އިދާރާ |
16 އޭޕްރީލް 2025 |
އާދިއްތަ |
09:30 |
ޕްރޮޕޯސަލް ހުށަހެޅުން |
ކ.ގުޅީ ކައުންސިލް އިދާރާ |
20 އޭޕްރީލް 2025 |
އާދީއްތަ |
09:30 |
ގުޅީ ރައްޔިތުންގެ ޤުރުއާންކުލާސް ހިންގައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 15 އޭޕްރިލް 2025 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށްދުރުވެ ރަޖިސްޓްރީވުން އެދެމެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ޕްރޮޕޯސަލް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އަދި ޕްރޮޕޯސަލް ހުށަހެޅުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައި ޑީ ކާޑު އަދި ކުންފުންޏެއްނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ހުށަހަޅުއްވާ ޕްރޮޕޯސަލްގައި އެފަރާތެއްގެ ނަމާއި އެޑްރެސް އަދި މަސައްކަތުގެ ނަމާއި މަސައްކަތުގެ އަގު އަދި މަސައްކަތް ކުރުމަށް ރާވާފައިވާގޮތް އެނގޭނޭހެން ތަފްސީލްކޮށް ހިމަނަންވާނެއެވެ.
އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުވާނެ ވާހަކަވެސް ދަންވަމެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އީމެއިލް ކުރައްވައި، ނުވަތަ 6640068 އަށް ގުޅުވުމަށް ދަންނަވަމެވެ.