ދިވެހިރާއްޖެ
އިޢުލާން
ހއ.ކެލާދަނޑުބިމުގެ ސަރަހައްދުން ކުދި ޖަނަވާރު ގެންގުޅުމަށްބިން ކުއްޔަށް ދިނުން.
ހއ.ކެލާ ދަނޑުބިމުގެ ސަރަހައްދުން ކުދި ޖަނަވާރު ގެންގުޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިން ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ބިމުގެ އަދަދު |
ބިން އޮތްތަން |
ބޮޑުމިން (އަކަފޫޓް) |
މުއްދަތު |
4 |
ބިން އޮންނާނީ ހއ.ކެލާ ދެކުނުކޮޅު ދަނޑު ބުމުގެ އިރުމަތީ ފަރާތު ކަނޑޫފަލުގެ އައްސޭރިއަށް ވާގޮތަށެވެ. |
(5000 އަކަފޫޓް) |
5 އަހަރު |
ހއ.ކެލާ ދަނޑުބިމުގެ ސަރަހައްދުން ކުދި ޖަނަވާރު ގެންގުޅުމަށް ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ކެލާ ކައުންސިލްގެ އިދާރާއިން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ.
ރަޖިސްޓްރީ ކުރުން |
08 އޭޕްރިލް 2025 އިން 17 އޭޕްރިލް 2025 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:000 އިން މެންދުރު ފަހު 12:00 އަށް ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ. |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
20 އޭޕްރިލް 2025 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. |
އަންދާސީ ހިސާބު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން |
27 އޭޕްރިލް 2025 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. |
1- ކުދި ޖަނަވާރު ގެންގުޅުމަށް ކުލީބިން ދޫކުރުމަށް ހަމަޖެހިފައިވަނީ އެކަމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކެލާ ކައުންސިލު ނަންބަރު (PP)249-M/2025/1 (ހއ.ކެލާ ދަނޑުބިމުގެ ސަރަހައްދުން ކުދި ޖަނަވާރު ގެންގުޅުމަށް ދިގުމުއްދަތައް ބިން ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލް ) އުޞޫލުގައި ބަޔާން ކޮށްފައިވާ ޝަރުތު ފުރިހަމަވާ ފަރާތްތަކަށެވެ.
2- ބީލަމުގައި ބައިވެރިވެވޭނީ ބީލަން ހުށަހެޅުމުގެ މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން ލިޔެފައި އޮންނަވާނެވެ.
3- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ / މިސްކިތް މަގު، ހއ.ކެލާ ، ދިވެހިރާއްޖެ އީމެއިލް: [email protected]