ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގޯތި ދޫކުރުމުގެ ކަންކަން ވިލަރެސްކުރާ ކޮމެޓީ އެކުލަވާލުން
"ވ.ފެލިދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު 2025" ގައިވާ ގޮތުގެ މަތިން ގޯތިދޫކުރުމުގެ ކަންކަން ވިލަރެސްކުރާ ކޮމިޓީ އެކުލަވާލުމަށް އާއްމު ރައްޔިތުންގެ ތެރެއިން 3 ބޭފުޅުން ބޭނުންވެއެވެ.
އާއްމު ރައްޔިތުންގެ ތެރެއިން ކޮމެޓީގެ މެންބަރު ހޮވުމުގައި އިސްކަންދޭނީ ގޯތި ލިބިފައިވާ ފަރާތްތަކަށެވެ. އަދި 3 މީހުންނަށްވުރެ އިތުރަށް ކުރިމަތިލައިފިނަމަ 3 މެންބަރުން ހޮވުމުގައި ތަޢުލީމީ ފެންވަރާއި، މިފަދަ މަސައްކަތްތައް ކުރުމުގެ ޤާބިލްކަން ހުރި ފަރާތްތަކަށް ބަލާނެއެވެ.
ވީމާ، "ގޯތި ދޫކުރުމުގެ ކަންކަން ވިލަރެސްކުރާ ކޮމެޓީ" ގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 17 އޭޕްރިލް 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
07 އެޕްރީލް 2025
ހޯދާ