މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގުޅީ ސްކޫލަށް ބޭނުންވާ އޭ.ސީ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

    ކ.ގުޅީ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ގުޅީ ސްކޫލަށް ބޭނުންވާ 20 އޭސީ ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

 

ތަން

ތާރީޙް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

ކ.ގުޅީ ކައުންސިލް އިދާރާ

10 އޭޕްރިލް 2025

ބުރާސްފަތި

10:30

އަންދާސީ ހިސާބު ހުށަހެޅުން

ކ.ގުޅީ ކައުންސިލް އިދާރާ

15 އޭޕްރިލް 2025

އަންގާރަ

10:30

 

    މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 07 އޭޕްރިލް 2025 ން 13 އޭޕްރިލް 2025 ގެ 14:00 ނިޔަލަށް ތިރީގައިވާ ލިންކުން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

    ރެޖިސްޓްރޭޝަން ލިންކް: https://shorturl.at/qV5CP

 

    އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުވާނެ ވާހަކަވެސް ދަންވަމެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އީމެއިލް ކުރައްވައި، ނުވަތަ  6640068 އަށް ގުޅުވުމަށް ދަންނަވަމެވެ.

 

    މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ.

07 އެޕްރީލް 2025
ހޯދާ