ދިވެހިރާއްޖެ
އިޢުލާން
އިޖުތިމާޢީ ސަރަޙައްދުތައް 15 ދުވަހަށް ކުނިކަހައި، ސާފުކޮށް ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުން
ކޯޓޭޝަންހުށަހެޅުމުގެދަޢުވަތު
މިއިދާރާއިން އަންގާ އުސޫލެއްގެ ދަށުން، ރަށުގެ އިޖްތިމާއީ ސަރަޙައްދުތައް 15 ދުވަހުގެ މުއްދަތަށް ކުނިކާހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިއުލާނާއި އެޓޭޗްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތަށް ސާފުކޮށްދޭނެ އަގު އަދި މުއްދަތު އެގޭނެގޮތަށް (ކޯޓޭޝަން) ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، އިޖުތިމާއީ ސަރަހައްދު ސާފްކޮށްދިނުމުގެ މަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 08 އޭޕްރީލް 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިމިވާ މެއިލްއަށް ކޯޓޭޝަން ފޮނުވައިދެއްވުން އެދި ދަންނަވަމެވެ.
މެއިލް އެޑްރެސް: [email protected]
އިޢުލާނާއި ގުޅިގެން އިތުރު މަޢްލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލްކުރެއްވުން ނުވަތަ 6560005 ނަންބަރަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.