މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕޮލިސް ސްޓޭޝަން އަޅާ ސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމާ ގުޅޭ

މިރަށުގެ އަލަށް ޕޮލިސް ސްޓޭޝަން އަޅާ ސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމަށް ބޭނުން ވެއްޖެއެވެ.

ވީމާ އެ ރުއްގަހުގެ ވެރިފަރާތްތަކުން ރުކުގައި ޖަހާފައިވާ ނަމްބަރާއި ރުކުގެ މޮޅު ދެރަ މިން (ކަނދުބުޑުލީ، ކަނޑުބުޑުނުލާ، މޮޅު ރުއް، މެދު ރުއް، ކުރުއްޕަތް ރުއް، ނުފޯދޭ) ވަކިން، ތަފްޞީލާއިއެކު އަދަދު އެނގޭނެހެން 10 އޭޕްރިލް 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ސިޓީ ހުށައެޅުއްވުން އެދެމެވެ. އެ ސަރަޙައްދުގައިވާ ރުއްގަސް ފާހަގަ ވާނެހެން ކަޅުކުލައިން ފާހަގައެއް އެ ރުއްތަކުގައ ޖަހާފައި ހުންނާނެއެވެ.

މި މުއްދަތުގައި އެއްވެސް ފަރާތަކުން ސިޓީ ހުށައަޅުއްވާފައި ނުވާނަމަ، ބެލޭނީ އެއްވެސް ފަރާތެއްގެ ރުކެއް އަދި ގަހެއް އެސަރަޙައްދުގައި ނެތީކަމުގައެވެ. އަދި އެ ސަރަޙައްދުގައި ހުރި ނަގައިގެންގެންދެވޭ ކުދި ރުއްތައް ރުކުގެ ވެރިފަރާތްތަކުން މަތީގައި ދެންނެވިފައިވާ މުއްދަތުގައި ނަގައިގެން ގެންދިއުންއެދެމެވެ. އަދި މި ސަރަޙައްދުގައި އެއްވެސް ފަރާތެއްގެ އަމިއްލަ މުދަލެއްވާނަމަ، މަތީގައި ދެންނެވިފައިވާ މުއްދަތުގައި މި ތަކެތި ނެންގެވުން އެދެމެވެ.   

 

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. ޕޮލިސް ސްޓޭޝަން އަޅާ ސަރަޙައްދު އެނގޭނެ ގޮތުގެ ޗާޓު އިޢުލާނާއިއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.

07 އެޕްރީލް 2025
ހޯދާ