ދިވެހިރާއްޖެ
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އިއުލާނާއި އެއްކަރުދާސްކޮށްފައިވާ މަސައްކަތުގެ ތަފްޞީލާއި އެއްގޮތްވާގޮތުގެމަތިން ރާއްޖޭގެ ރަށްތަކުގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ ތެރެއިން، ނ. ކުޑަފަރީ ކައުންސިލް އިދާރާގެ އައު އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދާން ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރެއްވުމަށް ހުޅުވާލަމެވެ.
ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ރަޖިސްޓްރީވާން ހުށަހަޅާނީ މިއަދުން ފެށިގެން 2025 އެޕްރީލް 15 ވާ އަންގާރަ ދުވަހު މެންދުރު 12:00 ގެ ކުރިން، ތިރީގައި ދީފައި އެވާ ލިންކު ގައިވާ ފޯމު ފުރިހަމަކޮށްގެންނެވެ.
މި މަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމުގެ ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ. ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ އީމެއިލް ކުރައްވާނީ 14 އޭޕްރީލް 2025 ވާ (ހޯމަ) ދުވަހުގެ 14:00 ގެ ކުރިން[email protected] އީމެއިލް އެޑްރެހަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6560015 ނުވަތަ 7763264 ނަމްބަރާއެވެ.
މަސައްކަތް ކުރުމަށް ބީލަން ހުށަހަޅާނީ އެ ކަމަށް ތައްޔާރުކޮށްފައިވާ ބީލަން ފޮތުންނެވެ. ބީލަން ފޮތެއްގެ އަގަކީ 001ރ. (ސަތޭކަ ރުފިޔާ) އެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 2025 އެޕްރީލް 16 ވާ ބުދަ ދުވަހު މެންދުރު 12:00 ން ފެށިގެން 2025 އެޕްރީލް 23 ވާ ބުދަ ދުވަހު މެންދުރުފަހު 12:00 ގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ރަސްމީވަގުތުގައި ކައުންސިލްގެ އިދާރާގެ ރިސެޕްޝަނުން ނުވަތަ އިލެކްޓްރޯނިކް ޒަރިއްޔާއިން ފޮތް ބޭނުންވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށެވެ.
ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 2025 އެޕްރީލް 28 ވާ ހޯމަ ދުވަހު މެންދުރު13:00ގައި މި އިދާރާ ގައެވެ.
މި މަސައްކަތަށް ކުރިމަތިލެއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރައްވައިފައި ވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައްޔާއި ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ކުންފުންޏެއްގެ ފަރާތުން ބައިވެރިވެލައްވާ ނަމަ، ކުންފުނީގެ ވިޔަފާރި ރެޖިސްޓްރޭޝަންގެ ކޮޕީއެއް ހުށަހަޅުއްވާން ވާނެއެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުމަށް ބަދަލު ގައި މީހަކު ފޮނުއްވާ ނަމަ، އެ ކަން އަންގައިދޭ ސިޓީއަކާއި ބަދަލު ގައި އަންނަ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ސާފު ފޮޓޯ އަކާ އެކު ފޮނުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރައްވާން ތިރީގައި ވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ.
| 
 ކައުންސިލް އިދާރާގެ ފޯނު ނަންބަރު:  | 
 6560015  | 
| 
 ކައުންސިލް މޯބައިލް ފޯނު ނަންބަރު:  | 
 7763264  | 
| 
 ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް:  | 
